logo
MPL

MPL

ޚަބަރު

ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ސަރުކާރުން ކާމިޔާބުކަމާއެކު ގާއިމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޑިސެމްބަރު 2025 - 18:37
ފުނަދޫ އަށް ރޭގަނޑު ފްލައިޓް ޖައްސާފައި، ފޮޓޯ: އެމްއޭސީއެލް
ފުނަދޫ އަށް ރޭގަނޑު ފްލައިޓް ޖައްސާފައި، ފޮޓޯ: އެމްއޭސީއެލް

ދިވެހިރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ސަރުކާރުން ކާމިޔާބުކަމާއެކު ގާއިމުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކޮށް، އޮޕަރޭޝަނަށް ގެނެސްފައިވަނީ ށ. ފުނަދޫ އެއާޕޯޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ އިރުޝާދާއި އެއްބާރުލުމާއެކު މި ލަނޑުދަނޑި މިހާރު ވަނީ ފުރިހަމައަށް ހާސިލުކުރެވިފައެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް. އެމަނިކުފާނުގެ މެދުނުކެނޑި ދެއްވި އިރުޝާދާއި އެހީތެރިކަމާއެކު މިކަން މިވަނީ ހާސިލުކުރެވިފައި،"  އަމީން ވިދާޅުވިއެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ވަނީ މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، އަތޮޅުތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހިންގަމުންދާ 18 އެއާޕޯޓަށްވެސް މިހާރު ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިރާވަރުފަޅުން 115 ހެކްޓަރު ހިއްކައި މަޝްރޫއުގެ 68 ޕަސެންޓް ފުރިހަމަކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 20 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިން