logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޑިސެމްބަރު 2025 - 20:17
''މިއަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު  ކާމިޔާބީ ހާސިލު ކުރާނެ އަހަރަކަށް''

 

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ އައު އަހަރެއްގެ ފެށުމަކީ ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ ތާރީޚީ އަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ތަރައްޤީއާއި ދަރީން ބިނާކުރުން

ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއް ބިނާކުރުން ކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް،" ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހީންނަކީ އަބަދުވެސް އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއެރުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބައެއް ކަމަށެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށްޓަކައި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށާއި، ދިވެހިރާއްޖެއަކީ އަބަދުވެސް އުފާވެރިކަމާއި ރޯޝަންކަންމަތީ ދެމިއޮންނަ ތަނެއްގެ ގޮތުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''މިއަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކާމިޔާބީ ހާސިލު ކުރާނެ އަހަރަކަށް''ޚަބަރު | ގަޑިއިރެއް ކުރިންހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ސަރުކާރުން ކާމިޔާބުކަމާއެކު ގާއިމުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޚާލިދާ ޒިޔާގެ ޖަނާޒާގައި ވަޒީރު ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފިޚަބަރު | 6 ގަޑިއިރު ކުރިންރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުހިއްމު 5 ޕްރޮގްރާމެއް އިފްތިތާހުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިން