logo
Bank of Maldives

Bank of Maldives

ޚަބަރު

ތާރީޚީ އިންތިޚާބެއް: ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުން އޮންލައިންކޮށް!

އިސްމާޢިލް ރާތިޢު
1 ޖެނުއަރީ 2026 - 05:24
ތާރީޚީ އިންތިޚާބެއް: ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުން އޮންލައިންކޮށް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް, އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަދައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދު ވިދާޅުވީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެއްވެސް ކަރުދާސް ފޯމެއް ބަލައި ނުގަންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ފޯމު ހުށަހަޅަންވާނީ، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ފޯމާއެކު ކުށާއި، ދަރަނީގެ ރެކޯޑުވެސް އެ ޕޯޓަލަށް ހުށަހެޅޭނެ ކަމަށް ވިޝާހު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިޝާހު ވިދާޅުވީ، ކުރިން އޮންނަ ގޮތުން ނަމަ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ތާޢީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދުމަށްފަހު ފޯމު ހުށަހަޅަން ޖެހުނު ނަމަވެސް މި އިންތިޚާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާޢީދު ކުރުމުގެ ރިކުއެސްޓް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ފޯމާއެކު ހުށަހަޅަންޖެހޭ ރެކޯޑުތައް ނެގޭނެ އިންތިޒާމު ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށާއި ކަރެކްޝަނަލް ސަރވިސްއަށް މެއިލް ކޮށްގެންނާއި، މީރާއިން ޓެކްސް ކްލިއަރެންސް ނެގޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށްވެސް ވިޝާހު ވިދާޅުވިއެވެ.

ވިޝާހު ވިދާޅުވީ، އިންތިޚާބަށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލައި، ފޯމު ހުށަހަޅާނެ ގޮތުގެ ތަފްސީލީ ގައިޑެއް އާންމުކުރާނެ ކަމަށެވެ. ޕޯޓަލް ހުޅުވާލުމުން ކޮންމެ ކެންޑިޑޭޓަކަށްވެސް ފޯމު ފުރިހަމަކޮށް ޕޯޓަލްގައި ސޭވް ކުރެވުނު ނަމަވެސް ފޯމު ހުށަހެޅޭނީ، އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލުމުން ކަމަށް ވިދާޅުވިއެވެ.

މައި ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނަ ގޮތަށް ބަދަލުކުރި ނަމަވެސް އިންތިޚާބާ ގުޅޭ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ، ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަޤީންކަން ވިޝާހު ދެއްވިއެވެ.

ވިޝާހު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނައީ، ކައުންސިލް އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ އިންތިޚާބަށްވެފައި، ފޯމު ހުށަހަޅާ ފަރާތްތަކާއި އެ ކޮމިޝަނުގެ މުވައްޒަފުންނަށްވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށެވެ. ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުން ކެންޑިޑޭޓުންނަށް އެ ފޯމުގެ އެންމެ ފަހުގެ އަދާހަމަ ލިބިގެންދާނެއެވެ. އަދި ސިޔާސީ ޕާޓީތަކަށް، "ސިމެދަ" ޕޯޓަލް މެދުވެރިކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންގެ އަދާހަމަވެސް ބަލާލެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ، 2023ގައި ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން އެ ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި އެ ކޮމިޝަނުން ވަނީ އޮފިޝަލުންގެ ފޯމުތަކާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފޯމުތައްވެސް ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަމުންނެވެ.

ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމާ ގުޅޭގޮތުން އައި ބަދަލަށް ސިޔާސީ ޕާޓީތައް އަހުލުވެރި ކުރުވައި، ޢާންމުން ހޭލުންތެރި ކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ އިންތިޚާބެއް: ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުން އޮންލައިންކޮށް!ޚަބަރު | 2 ގަޑިއިރު ކުރިންލޯކަލް ކައުންސިލް އިންތިޚާބު: އީސީގެ ވޯކް-އިން އިންޓަވިއުތަކެއް މިއަދު ކުރިއަށްދާނެ ޚަބަރު | 5 ދުވަސް ކުރިންކައުންސިލް އިންތިޚާބައް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ޚަބަރު | 12 ދުވަސް ކުރިންކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމާ ބެހޭ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 23 ދުވަސް ކުރިން