logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސަކު ނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖެނުއަރީ 2026 - 05:44
އުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސަކު ނިޔާވެއްޖެ

 

ސައުދީ އަރަބިއްޔާގައި އުމްރާގެ އަޅުކަން ފުރިހަމަކުރަމުން ދިޔަ ދިވެއްސަކު ރޭ ނިޔާވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޔާވެފައިވަނީ އަލްމަނާސިކް ހައްޖު އުމްރާ ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި މ. ސައްކެޔޮމާގޭ މުހައްމަދު އިމްތިޔާޒު (62އ) އެވެ.

މުހައްމަދު އިމްތިޔާޒު ނިޔާވީ މަސްޖިދުލް ހަރަމްގައި ދެވަނަ އުމްރާގެ އަޅުކަން ފުރިހަމަކުރަން އުޅެނިކޮށް ރޭ ރާއްޖެ ގަޑިން 7:35 ހާއިރުއެވެ.

އޭނާ ނިޔާވީ ކުއްލި ގޮތަކަށް ސިއްހީ ހާލަތު ގޯސްވެގެންނެވެ.

ޑޮކްޓަރުންނާ ހަވާލާދީ އުމްރާ ގުރޫޕުން ބުނިގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނިޔާވި މީހާއަކީ ކުރިންވެސް ހިތުގެ މައްސަލަތަކެއް ހުރެގެން ޕޭސްމޭކާ ލައްވާފައި ހުރި މީހެއްކަން އެ ޖަމާއަތުން ފާހަގަކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ދުވަސްވަރެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ފަހަރުގެ ބަންދާ ދިމާކޮށް 7,700 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | 6 ދުވަސް ކުރިންގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަންޚަބަރު | 7 ދުވަސް ކުރިންރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 9 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއްޚަބަރު | 22 ދުވަސް ކުރިން