logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކަންސޭލޯ އެނބުރި ބާސެލޯނާއަށް

އަބްދުﷲ ޣާނިމް
1 ޖެނުއަރީ 2026 - 06:07
ކަންސޭލޯ އެނބުރި ބާސެލޯނާއަށް

ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފުލްބެކް ޖޮއާއޯ ކަންސޭލޯ އަލުން ޔޫރަޕަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނުން ވަނީ ކަންސޭލޯގެ އެޖެންޓުންނާ ގުޅައި މަޝްވަރާތައް ކޮށްފައެވެ.

މި މަޝްވަރާތަކުގައި އިންޓަ މިލާނުން ކަންސޭލޯ ހޯދުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށް ބާރުއަޅަމުންދާއިރު، ބާސެލޯނާއިން ވެސް އަންނަނީ އޭނާ އަލުން ގެނައުމުގެ ފުރުސަތު އޮތްކަން ދަނެ އެކަމާ ގުޅޭގޮތުން ކްލަބުގެ އެތެރޭގައި މަޝްވަރާ ކުރަމުންނެވެ. ކަންސޭލޯ ވަނީ 2023/24 ވަނަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅެދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭގޮތުގައި ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި ކަންސޭލޯ އަލް ހިލާލް ދޫކޮށްލާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ހޫނު މޫސުމަށް ހަމަވި ނަމަވެސް، އަލުން ޔޫރަޕުގެ ވަރުގަދަ ލީގަކަށް ބަދަލުވުމަށް އޭނާ ބޭނުންވެއެވެ.

މި ސީޒަނުގައި އަލް ހިލާލަށް ކުޅެދިން މެޗުތަކުގައި ކަންސޭލޯ ވަނީ އެއް ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާ އަލުން ބާސެލޯނާއަށް ގެނައުމަށް އެ ކްލަބުގެ ސަޕޯޓަރުން ވެސް ބޭނުންވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިމިގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމާއެކު ނިއުކާސަލް ހަމަބިމަށް ތިރިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށްކުޅިވަރު | 19 ގަޑިއިރު ކުރިންމެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފިކުޅިވަރު | 4 ދުވަސް ކުރިންޕެނަލްޓީ އެފްސީކަމަށް ބާސެލޯނާއިން ރެއާލް މެޑްރިޑްއާއި ވާދަކުރަނީކުޅިވަރު | 4 ދުވަސް ކުރިންރެއާލްގެ ނުފޫޒުން ލިގު ހިންގާކަމަށް ތުހުމަތުކުރާ ޓެބާސް އެންމެފަހުން ބާސެލޯނާގެ ރައީސްގެ ދިފާއުގައި ނިކުމެއްޖެކުޅިވަރު | 9 ދުވަސް ކުރިން