logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމުން ވަކިކުރަނީ

އަބްދުﷲ ޣާނިމް
1 ޖެނުއަރީ 2026 - 06:13
އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމުން ވަކިކުރަނީ

ޗެލްސީގެ ހެޑް ކޯޗު އެންޒޯ މަރެސްކާ އަށް އޭނާގެ މަޤާމް ގެއްލިދާނެކަމުގެ ބިިރުހީވެއްޖެއެވެ. ސްކައި ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމުގެ ނަތީޖާތައް ރަނގަޅު ނުވެއްޖެނަމަ، އޭނާއަށް މަގާމު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ޗެލްސީއަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާ އަތުން 3-0 އިން ވީ މޮޅާއެކު ލިބުނު އުއްމީދުތައް، ފަހަކަށް އައިސް ޓީމުން ދައްކަމުންދާ ދަށް ކުޅުމުގެ ސަބަބުން ވަނީ ފަނޑުވެފައެވެ. ލީޑްސް ޔުނައިޓެޑް، އެޓަލަންޓާ އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވިއިރު، ބޮކްސިން ޑޭ އާ ދިމާކޮށް ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަރެސްކާ ވަނީ ކްލަބުގެ މެނޭޖްމަންޓާ ދެމެދު އޮތް ނުތަނަވަސްކަމަށް އިޝާރާތްކޮށް، އޭނާގެ ހިތްހަމަނުޖެހުންތައް އާންމުކޮށް ހާމަކޮށްފައެވެ. މިދިޔަ ޑިސެމްބަރު 13 ގައި އެވަަޓަން އަތުން މޮޅުވި މެޗުގެ ކުރިން ހޭދަވި 48 ގަޑިއިރަކީ ސްޓެމްފޯޑް ބްރިޖުގައި އޭނާ ހޭދަކުރި "އެންމެ ގޯސް 48 ގަޑިއިރު" ކަމަށް އޭނާ ސިފަކޮށްފައިވެއެވެ. މި ވާހަކަތަކާއެކު ކްލަބުގައި އޭނާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ބޯންމައުތާ އެއްވަރުވި މެޗަށްފަހު ޗެލްސީގެ ކުޅުންތެރިންނަށް ދެ ދުވަހުގެ ޗުއްޓީއެއް ދީފައިވާއިރު، އަންނަ އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ހުކުރު ދުވަހު ފަރިތަކުރުންތައް ފަށާނެއެވެ. ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައި އޮތް ސިޓީއަށްވުރެ 10 ޕޮއިންޓް ފަހަތުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމުން ވަކިކުރަނީކުޅިވަރު | 2 ގަޑިއިރު ކުރިންބޯންމައުތްއާއި އެއްވަރުވެ ޗެލްސީއަށް ގަދަ ހަތަރަކުން ޖާގަ ގެއްލިއްޖެކުޅިވަރު | ދުވަހެއް ކުރިންޗެލްސީ ބަލިކޮށް އެސްޓަންވިލާއިން ޖެހިޖެހިގެން 11 ވަނަ މޮޅުކުޅިވަރު | 4 ދުވަސް ކުރިންނިއުކާސަލް ޔުނައިޑެޑާއި ޗެލްސީ ވާދަކުރި މެޗު ހަމަހަމަކުޅިވަރު | 12 ދުވަސް ކުރިން