logo
ޚަބަރު

ޤައުމިއްޔަތު ކޮލެޖުގެ އެންމެ މުޙިއްމު މަސައްކަތަކީ ދިވެހި ތާރީޚު ބެލެހެއްޓުން - ވަޒީރު

އަޙްމަދު ޒަލީފް
6 އޮކްޓޯބަރު 2024 - 08:45
ޤައުމިއްޔަތު ކޮލެޖުގެ އެންމެ މުޙިއްމު މަސައްކަތަކީ ދިވެހި ތާރީޚު ބެލެހެއްޓުން - ވަޒީރު

ޤައުމިއްޔަތު ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ މައިގަނޑު މަސައްކަތަކަށްވާނީ ދިވެހި ތާރިޚު ރިކޯޑުކޮށް ބެލެހެއްޓުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ކޮލެޖު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދަޢުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖުން ކުރާނެ މައިގަނޑު މަސައްކަތަކީ ޤައުމިއްޔަތުގެ އެކި ބަހާތަކުން ދިވެހިން ހޯދާ ކުރިއެރުންތައް ރިކޯޑުކޮށް ބެލެހެއްޓުން ކަމަށެވެ. އަދި އެކަންކަމުގެ ލިޔުންތައް ކޮލެޖުން ތައްޔާރުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތު ކޮލެޖުގައި މައިގަނޑު 5 ބައެއް ހުރެއެވެ. އެއީ ދިވެހި ޤައުމިއްޔަތުބެހޭ 5 ބައެވެ. މިއިން ކޮންމެ ބައެއްގެ ޑީންއެއްގެ ގޮތުގައި އިސްވަރެއް ވަނީ ކަނޑައަޅާފައިވެއެވެ. ވަޒީރު ވިދާޅުވީ އިސްވަރުގެ ދަށުން ކޮންމެ ބައެއްގައިވެސް އެ ފަންނަކަށް ޚާއްސަވާ ދިވެހިން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"ކޮލެޖުގެ ކޮންމެ ބައެއްގައި، އެބަހާއަކަށް ޝައުޤުވެރިވާ އެތައް ބަޔަކު މަސައްކަތްކުރާނެ. މުސްތަޤުބަލުގައި ކޮލެޖު ވާނީ މުޅި ރާއްޖެއާ ގުޅިލާމެހިފައިވާ ތަނަކަށް. ގިނަ ބަޔަކު މި ކޮލެޖުގައި މަސައްކަތްކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގެ ކޮލެޖު ބިނާވެފައިވާ ވަރުތައް ނުވަތަ ބައިތަކަކީ ދިވެހިބަހާއި ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖަކީ، ސަރުކާރުގެ ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢުގެ މުހިންމު ބައެކެވެ. ވަޒީރު އާދަމް ނަޞީރުވަނީ ދިވެހިންގެ އަސްލުތަކާއި ތާރީޚާ ބެހޭގޮތުން ދިރާސާ މަސައްކަތް ކޮލެޖުގައިކުރާނެކަމަށްވެސް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 3 މަސް ކުރިންޔުނެސްކޯއިން ރާއްޖޭގެ ހިރިގާ މިސްކިތްތައް ބައްލަވަން ވަޑައިގެން ޗީފްއާ ވަޒީރު ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންއެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށް: މިނިސްޓަރު ޚަބަރު | 5 މަސް ކުރިންޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށައިފިޚަބަރު | 7 މަސް ކުރިން