logo
Bank of Maldives

Bank of Maldives

ޚަބަރު

ގަދަ ދުވަސްތަކަކަށްފަހު ކަނޑުތައް މަޑުވެއްޖެ

ޒިދާން މުޙައްމަދު
2 ޖެނުއަރީ 2026 - 11:19
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ގަދަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް ކަނޑުތައް މަޑުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނީ ހުޅަނގުުއުތުރާއި އުތުރުުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު މިއީ އިރުވައިމޫސުމުގެ ދުވަސްތަކެވެ.

މިހާރު މިހިނގާ ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ. 

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން އުތުރު ހަޅަ ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ.

މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާންމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ. 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެޚަބަރު | 2 މަސް ކުރިންދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެޚަބަރު | 2 މަސް ކުރިންކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | 2 މަސް ކުރިންދުންފުހުގެ އަސަރު ދަނީ ދަށްވަމުންޚަބަރު | 2 މަސް ކުރިން