logo
MPL

MPL

ޚަބަރު

ޕްރައިމަރީ ޓީޗަރުން މަދުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް - މިނިސްޓަރ

އަޙްމަދު ޒަލީފް
6 އޮކްޓޯބަރު 2024 - 08:49
ޕްރައިމަރީ ޓީޗަރުން މަދުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް - މިނިސްޓަރ

ތަޢުލީމީ ނިޒާމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ޓީޗަރުން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ސަރުކާރުގެ ސްކޫލުތަކުގައި ގާތްގަނޑަކަށް 10،000 މުދައްރިސުން މަސައްކަތް ކުރައްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތެރެއިން 2،000 ޓީޗަރުންނަކީ ބިދޭސީންނެވެ. އަދި އެ ދާއިރާގެ ގޮންޖެހުން ތަކަަށް ބަލާއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާގައި ޕްރައިމަރީ ޓީޗަރުން މަދުވުން ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ޕްރައިމަރީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ކަނޑައަޅައި ބައެއް ޓީޗަރުން ސްޕެޝަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު މަގަށް އެޅުނު ފިޔަވަޅެއް ކަމުގައި ވި ނަމަވެސް، މިކަމުގެ ސަބަބުން އެ މައްސަލަ އަށް ފުރިހަމަ އަށް ހައްލެއް އަންނާނެ ކަމެއް އަދި ނޭނގެ އެވެ.އަދި ކޮންމެ އަށް ދަރިވަރަކަށް އެއް މުދައްރިސަކީ ތިއަރީގެ ގޮތުން ފުދޭ މުދައްރިސަކަށް ވިޔަސް، ސަރަހައްދީ އެކި ބޭނުންތަކާއި ސްޕެޝަލައިޒްޑް އެޑިއުކޭޓަރުންގެ ޑިމާންޑުން އެނގެނީ ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ އަދި ހަމަހަމަ ކަމާއެކު ދެމެހެއްޓުމަށް ޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމެވެ.

އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑު މައްސަލައަކީ މުހިންމު މާއްދާތަކުން ގާބިލް ޓީޗަރުން މަދުވުމެވެ. އަދި ދިވެހި ބަހާއި، އިސްލާމީ ތަޢުލީމާއި، ކެމްބްރިޖް މާއްދާތަކުގައި މުދައްރިސުންގެ ދަތިކަން ވަރަށް ބޮޑުކަމަށާއި، މި ހުރިހާ މާއްދާތަކަކީވެސް ދިވެހި ކަރިކިއުލަމްގައި ހިމެނޭ މުހިންމު މާއްދާތަކެއްކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޑިޖިޓަލް ފޯ އޯލް" ކެމްޕޭނަކީ ކުރިއަރާފައިވާ ގައުމުތަކާ ހަމާގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްޚަބަރު | 3 މަސް ކުރިންދަރިވަރުން އުނގެނުމުގެ ޒިންމާ ނަގާނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ: އެޑިއުކޭޝަން މިނިސްޓަރުޚަބަރު | 4 މަސް ކުރިންދިރާސީ އައު އަހަރަށް މަދަރުސާތައް މަރާމާތުކުރުމަށް 20 މިލިއަން ރުފިޔާ ހޭދަވޭޚަބަރު | 10 މަސް ކުރިންތަޢުލީމަށް އަހަރަކު 4 ބިލިއަން ޚަރަދުވޭ، ނަމަވެސް ނަތީޖާތައް ދަށް: ވަޒީރުޚަބަރު | އަހަރެއް ކުރިން