logo
MPL

MPL

ޚަބަރު

2027 ނިމޭ އިރު ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ!

އައިޝަތު ނަޝާ
3 ޖެނުއަރީ 2026 - 10:41
 Maldives Monetary Authority
Maldives Monetary Authority

މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ބެލެވެނީ 849 މިލިއަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރިޒާވްގެ ހާލަތު މިދިޔަ އަހަރު ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކްތަކަށް މާރުކުރި ޑޮލަރުގެ މިންވަރު އިތުރުވުމާއި، ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މީރާއަށް ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ކަރެންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ވެސް ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކް ރީފައިނޭންސް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއެކު، ކުރު މުއްދަތަކަށް ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ނަމަވެސް، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ބޭރުގެ ބައެއް ނިންމުންތަކުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން ވަނީ ދީފައެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ ވިޔަފާރި ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންވެސްޓްމެންޓްތަކަށް އަސަރުކޮށްފާނެ ކަމަށާއި، ދައުލަތުގެ ފިސްކަލް ހާލަތު އެދެވޭ ގޮތެއްގައި ރަނގަޅު ނުވެއްޖެނަމަ މާލީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މި ކުރިއެރުން ލިބުނީ ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާކޮށް އިތުރު ކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ބޭރުފައިސާގެ އައު ގާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް ވަރުގަދަ ކުރުމަށް އެމްއެމްއޭއިން ބޭނުންކުރުމާއި، ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް ހާއްސަ ސިސްޓަމެއްވިޔަފާރި | 5 ދުވަސް ކުރިންބޭރު ފައިސާ މާރުކުރާ ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިވިޔަފާރި | 23 ދުވަސް ކުރިންބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސްފިވިޔަފާރި | މަހެއް ކުރިންބޭސްފަރުވާއަށް ދޫކުރާ 1،000 ޑޮލަރުގެ އުސޫލު ހަރުދަނާކޮށް، ޚާއްޞަ 6 ޤައުމަކަށް ކަނޑައަޅައިފިޚަބަރު | މަހެއް ކުރިން