logo
Bank of Maldives

Bank of Maldives

ޚަބަރު

74،000 އަށްވުރެ ގިނަ މެމްބަރުންނާއެކު އެންމެ މަގުބޫލު ޕާޓީއަކަށް ޕީއެންސީ!

ޒިދާން މުޙައްމަދު
3 ޖެނުއަރީ 2026 - 17:06
ޕީއެންސީގެ ބޮޑު ޖަލްސާ
ޕީއެންސީގެ ބޮޑު ޖަލްސާ

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީއަކީ، ވެރިކަން ކުރާ ޕާޓީ - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ) ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތަަކުން ދައްކައިފިއެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު 9 ޕާޓީއެއް ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ، 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ މެމްބަރުން ތިބި ޕީއެންސީގައި 74،048 މެމްބަރުންތިއްބެވެ. ދެން އެންމެ ގިނަ މެމްބަރުން ތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، (އެމްޑީޕީ)ގައެވެ. އެއީ، 43،784 މެމްބަރުންނެވެ.

މީގެ އިތުރުން ވަކިވަކި ޕާޓީތަކުގެ މެމްބަރުންގެ އަދަދުތަކަށް ބަލާލާއިރު:

Ad by Hajj Corporation

Ad by Hajj Corporation

  • ޖުމްހޫރީ ޕާޓީ: 12،343 މެމްބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) 9،686 މެމްބަރުން
  • އަދާލަތު ޕާޓީ 8،267 މެމްބަރުން
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) 5،133 މެމްބަރުން
  • ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީ.އެން.އެފް) 3،012 މެމްބަރުން
  • ދަ ޑިމޮކްރެޓްސް 2،952 މެމްބަރުން
  • މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) 1،710 މެމްބަރުން

އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި 9 ޕާޓީއެއް އޮތްއިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ، 4 ސިޔާސީ ޕާޓީއެކެވެ.

މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގައެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ، 5 ސިޔާސީ ޕާޓީއަކަށެވެ. މީގެ ތެރެއިން ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން، މި އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. އެއަދަދަށް ފައިސާ ދޫކުރާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނާޒިމް ހަނދާން ކޮށްދެއްވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚާއްސަ މަޖިލީހުގައި ވެސް އޮތް ވިސްނުމެއްކަންޚަބަރު | 2 ދުވަސް ކުރިންކައުންސިލް އިންތިހާބު ރައީސް ޑރ. މުއިއްޒަށް މުހިންމު ވަނީ ވައުދުތައް ފުއްދުމަށް: ފަލާހްޚަބަރު | 4 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ޚަބަރު | 4 ދުވަސް ކުރިންޕީއެންސީގެ "ދަ ގްރޭޓަރ އައްޑޫ" ޚާއްޞަ ޖަލްސާ މިރޭޚަބަރު | 5 ދުވަސް ކުރިން