logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހަނިގޮތަކަށް މޮޅުވެ އާސެނަލް އެއްވަނައިގައި ލީޑު ފުޅާކޮށްފި

އަބްދުﷲ ޣާނިމް
4 ޖެނުއަރީ 2026 - 03:57
ހަނިގޮތަކަށް މޮޅުވެ އާސެނަލް އެއްވަނައިގައި ލީޑު ފުޅާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތް ފަރަގު އެ ޓީމުން ބޮޑުކޮށްފިއެވެ. ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ބޯންމަތުންނެވެ.

މެޗުގެ 10 ވަނަ މިނިޓުގައި ބޯންމަތުގެ އެވަނިލްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. މި ލަނޑަކީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އާސެނަލް އިން ވަނީ އޭގެ ހަ މިނިޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގެބްރިއެލް މަގަލާއެސް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނިޓުގައި ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހާ އާސެނަލްއަށް ފުރަތަމަ ފަހަރަށް މެޗުގެ ކުރި ހޯދައިދީފައެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނިޓުގައި ރައިސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. މިއީ ލީގު މެޗެއްގައި ޑެކްލަން ރައިސް ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ބޯންމަތުގެ ޒުވާން ކުޅުންތެރިޔާ އެލީ ޖޫނިއާ ކްރޫޕީ ވަނީ މެޗުގެ 76 ވަނަ މިނިޓުގައި ލަނޑެއް ޖަހާ އުއްމީދެއް ހޯދައިދީފައެވެ. މި ލަނޑާއެކު ނަތީޖާ 3-2 އަށް ބަދަލުވި ނަމަވެސް، މެޗު ނިމުނީ އާސެނަލް މޮޅުވެގެންނެވެ. މި މެޗަކީ ބޯންމަތުގެ އެންޓޮއިން ސެމެންޔޯ އެ ކްލަބަށް ކުޅޭނެ ފަހު މެޗު ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ 65 މިލިއަން ޕައުންޑުގެ ފީ އަކަށް މެންޗެސްޓަރ ސިޓީ އާއި ގުޅުމަށް ނިންމާފައެވެ.

މި މޮޅާއެކު އާސެނަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން ޖުމްލަ 48 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ނަމަވެސް ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ މިއަދު ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ، އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިގޮތަކަށް މޮޅުވެ އާސެނަލް އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފިކުޅިވަރު | 5 ދުވަސް ކުރިންކޯނަރު ރެކޯޑުތައް ކޯނަރ އެފްސީއިން މުގުރަންފަށައިފިކުޅިވަރު | 6 ދުވަސް ކުރިންތިންވަނައިގައި އޮތް އެސްޓަންވިލާ ލަދުގަންނަވާލުމަށްފަހު އާސެނަލް އިން ސިޓީގެ ސަޕޯޓަރުން ރޮއްވާލައިފިކުޅިވަރު | 7 ދުވަސް ކުރިން