logo
Bank of Maldives

Bank of Maldives

ޚަބަރު

ބައްސާމްގެ މައްޗަށް އިތުރު ދެ ދައުވާއެއް ސާބިތުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖެނުއަރީ 2026 - 07:55
ބައްސާމްގެ މައްޗަށް އިތުރު ދެ ދައުވާއެއް ސާބިތުވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މިއީ ކޮވިޑް-19 ގެ ރިލީފް ލޯނެއްގެ ގޮތުގައި ކްލަބުތަކަށް އެހީވުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ ދައުވާގައިވާ ގޮތުން ބައްސާމް މި ފައިސާ ބޭނުންކޮށްފައިވަނީ އަމިން އެވެނިއުއިން ދެ ޕެންޓްހައުސް ގަތުމަށެވެ. މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ފާހަގަކުރެއްވި ގޮތުގައި، އެފްއޭއެމުން ޑޮލަރު މާރުކުރަން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެ އިދާރާގެ އެއްވެސް އެކައުންޓަކަށް ވަދެފައެއް ނުވެއެވެ. އަދި އެޕާޓްމެންޓް ގަތުމަށް ދެއްކި ފައިސާއަކީ ޖާއިޒު ގޮތުގައި ހޯދި ފައިސާކަން ބައްސާމަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައެއް ނުވެއެވެ.

މި މައްސަލާގައި ބައްސާމްގެ އިތުރުން ހަސަން ވަހީދު، މުހައްމަދު އަގީލް އަދި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާ ކުރެއެވެ.

ޝަރީއަތުގައި ބައްސާމް ވަނީ އެ ދެ ޕެންޓްހައުސްއަކީ އޭނާގެ މިލްކެއް ނޫން ކަމަށް ބުނެ އިންކާރު ކުރައްވާފައެވެ. ނަމަވެސް، އެ ތަންތަން ގަތުމުގެ އެއްބަސްވުންތަކުގައި އޮތީ ބައްސާމްގެ ސޮއިކަން ޝަރީއަތަށް ވަނީ ފާހަގަކުރެވިފައެވެ.

ކޯޓު އަމުރެއްގެ ދަށުން 2024 އޮކްޓޯބަރު މަހު އެ އެޕާޓްމެންޓްތައް ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ އަމުރު އިސްތިއުނާފު ކުރަން ބައްސާމްގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ. މައްސަލަ ނިންމަވަމުން ގާޒީ ވަނީ އަދުލުވެރިކަމާ އެކު ހުކުމް ކުރުމަށާއި އަމިއްލަ އެދުމަށް ތަބާނުވުމަށް ބާރުއަޅާ ކީރިތި ގުރުއާނުގެ ދެ އާޔަތެއްގެ މާނަ ވެސް ހަނދާންކޮށްދެއްވާފައެވެ.

މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ މީގެ ފަހުން ބާއްވާ ވަކި އަޑުއެހުމެއްގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވާނުވާ" ބަންދުގައި ތިބި އެންމެންގެ މައްސަލަތައް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ކްރިމިނަލް ކޯޓުން ލަފާކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންބައްސާމްގެ މައްޗަށް އިތުރު ދެ ދައުވާއެއް ސާބިތުވެއްޖެޚަބަރު | 3 ދުވަސް ކުރިން16 ދައުވާއެއް ކުރިން ސާބިތުވި ޝިފާޢުގެ މައްޗަށް މަނީ ލޯންޑްރިންގެ 7 ދައުވާ ވެސް ސާބިތުވެއްޖެޚަބަރު | 21 ދުވަސް ކުރިންކްރިމިނަލް ކޯޓުގެ ގާޒީއެއް ވަކިކުރަން މަޖިލީހަށް ހުށަހަޅަނީޚަބަރު | މަހެއް ކުރިން