logo
Bank of Maldives

Bank of Maldives

ޚަބަރު

ޔަމަން ހަނގުރާމަ ހުއްޓުވުމުގެ ސުލްހައިގެ މަޝްވަރާތައް ބާއްވަން ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔައިފި

ޒިދާން މުޙައްމަދު
4 ޖެނުއަރީ 2026 - 10:21
ސަރުކާރުގެ އެކި ވަޒީރުން. އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުގެ އެކި ވަޒީރުން. އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް

ޔަމަން ހަނގުރާމަ ހުއްޓުވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އިސްވެ ސުލްހައިގެ މަޝްވަރާތައް ބާއްވަން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ހާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ކަންކަން ހިނގަމުންދާ ގޮތް ދިވެހި ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި، ބައިނަލްއަގްވާމީ ގޮތުން ޔަމަނުގެ ގާނޫނީ ސަރުކާރު ގާއިމުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްވަރާގެ މަރުހަލާގެ ތެރެއިން ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ފުޅާ ދާއިރާއެއްގައި ވާހަކަދެއްކުމަށް ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލުން ވަނީ ގޮވާލާފައެވެ.

އެގޮތުން ޔަމަނުގެ ސަލާމަތާއި ހަމަޖެހުމަށް ދޭ އަހައްމިއްޔަތު ކަށަވަރުކޮށްދީ، މަޝްވަރާއާއި ޑިޕްލޮމަސީގެ ޒަރީއާއިން ސުލްހަވެރި ހައްލެއް ހޯދުމަށް ބާރުއެޅުމުގެ ގޮތުން، ސަޢޫދީގެ ރިޔާދުގައި ކޮންފަރެންސް ބޭއްވުމަށް ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތަށް ވެސް، ރާއްޖޭން އިން މަރުހަބާ ކިޔާ ކަަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޔަމަންގައި ހޫތީންގެ ބާރު ގަދަ ނަމަވެސް ޔަމަންގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ކޮންޓްރޯލް ކުރަމުން ގެންދަނީ ސަޢޫދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އީދު ފާހަގަކޮށްފިޚަބަރު | މަހެއް ކުރިންއިސްރާއީލާ ލުބުނާނާ ދެމެދު ހަމަލާތައް ހުއްޓާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިޚަބަރު | 2 މަސް ކުރިންފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | 2 މަސް ކުރިންއީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް، ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 3 މަސް ކުރިން