logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު އިލްތިމާސް ކުރެއްވީ މުވައްޒަފުން ކޮރަޕްޝަނުގައި ނުޖެހުމަށް

އާމިނަތު ޝަފާ
4 ޖެނުއަރީ 2026 - 12:35
ވަޒީރު އިލްތިމާސް ކުރެއްވީ މުވައްޒަފުން ކޮރަޕްޝަނުގައި ނުޖެހުމަށް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އެއްވެސް މުވައްޒަފަކު ކަރަޕްޝަނަށް މަގުފަހިވާ ޢަމަލެއް ނުހިންގުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މި ކަމަށް އިލްތިމާސްކުރެއްވީ މި ފެށުނު 2026 ވަނަ އަހަރުގެ މުނާސަބަތުގައި މިއަދު ހެނދުނު ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަނިކުފާނުގެ ވިދާޅުވީ ވުޒާރާގެ މަޝްރޫޢުތަކުގެ ފައިނޭންސިންގ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ އުސޫލުތަކާއި އެއް ގޮތަށް ކަމަށެވެ. ސަރުކާރުގެ މާލިއްޔަތު ޤާނޫނާ ހިލާފަށް އެއްވެސް ކަމެއް ވުޒާރާއިން ކުރިއަށް ނުގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

އަދި ހުރިހާ މުވައްޒަފުން ވެސް އެ ގޮތުގައި ދެމިތިބުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ވަނީ މަސައްކަތުގެ މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރަން މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ހާމަކަން ބޮޑު ގޮތެއްގައި ޙަވާލުކުރެވިފައިވާ މަސައްކަތް ކުރުމަށް ވެސް ވަޒީރު ގޮވައިލެއްވިއެވެ.

ވުޒާރާގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި އަދި މި އަހަރަށް ރާވާފައިވާ ކަންކަންކަމުގެ މަޢުލޫމާތު ވެސް ވަޒީރު ހިއްސާކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު އިލްތިމާސް ކުރެއްވީ މުވައްޒަފުން ކޮރަޕްޝަނުގައި ނުޖެހުމަށްޚަބަރު | ދުވަހެއް ކުރިންއީދަށް ދިއްލުމުގެ މަސައްކަތްތައް ބައެއް ރަށްތަކުގައި ފެށިއްޖެ ޚަބަރު | 9 މަސް ކުރިންފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 10 މަސް ކުރިންއަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ ޚަބަރު | އަހަރެއް ކުރިން