އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ
24 ޖެނުއަރީ 2025 - 04:45

މއ. ސްޕްރިންްވިލާގައި ހުންނަ "ފްރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެ ވުޒާރާއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރި ކަމަށް ޓަކައި ކުރަންޖެހޭ ބައެއް މަސައްކަތް ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓްގެ މުވައްޒަފުން ފަށާއިގެން ކުރިއަށްގެންދާކަމަށެވެ.

Ad by Hajj Corporation
މި މަސައްކަތުގައި ޙާދިސާއާ ގުޅިގެން ރޫޅަންޖެހޭ ތަންތަން ރޫޅައި، ތަޅަންޖެހޭ ތަންތަން ތެޅުމުގެ މަސައްކަތް ކުރާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާގައި ގުދަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ބޭނުން ނުކުރެވޭ ވަރަށް އެތަން އަނދާފައިވާ ކަަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މި ހާދިސާ ފުލުހުންދަނި ތަހުގީގުކުރަމުންނެވެ.


