logo
MPL

MPL

ކުޅިވަރު

ތަށިނަގަން ނިކުތް ސިޓީއަށް ހުންގާނު ނެތް އޮޑިއެއް ހަންމަތަކުރަން ނުކުޅެދިއްޖެ

އަބްދުﷲ ޣާނިމް
5 ޖެނުއަރީ 2026 - 03:55
ތަށިނަގަން ނިކުތް ސިޓީއަށް ހުންގާނު ނެތް އޮޑިއެއް ހަންމަތަކުރަން ނުކުޅެދިއްޖެ

ޕްރިމިއާ ލީގުގައި ރޭގައި ތާވަލުގެ ދެވަނައިގައޮ އޮތް މެންޗެސްޓާ ސިޓީއަށް ކޯޗެއް ނެތި ނިކުތް ޗެލްސީގެ އަތްދަށުވެއްޖެއެވެ. މިމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއީ ޗެލްސީގެ ވަގުތީ ކޯޗު ކެލަމް މެކްފާލޭންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ކުރީކޮޅު ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މަޑުމަޑުން ސިޓީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެހެންނަމަވެސް، ފުރަތަމަ ހާފުގެ ފަހު 10 މިނެޓާ ހަމައަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ނުވަތަ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ވެސް ފެނިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީގެ ތަރި އާލިން ހާލަންޑަށް ލަނޑު ޖަހާނެ ދެ ފުރުސަތުތަކެއް ކައިރިކަިއރީގައި ލިބުނުއިރު، އޭގެ ތެރެއިން ދެވަނަ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސިޓީއަށް ކުރިހޯދައިދިނީ 42 ވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސްއެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޗެލްސީއަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. މީގެ ތެރެއިން ޕެޑްރޯ ނެޓޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފަހުބައިގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސިޓީން ދިޔައީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާ ކުރަމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މާލޯ ގުސްޓޯ ނަގައިދިން ހުރަހަކުން އުފެދުނު ހަލަބޮލިކަމުގެ ތެރޭގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.

މި ނަތީޖާއާއެކު މެންޗެސްޓާ ސިޓީ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. އަދި ސިޓީ އޮތީ އެސްޓަން ވިލާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. މިނަތީޖާއަކީ ތާވަލުގެ އެއްވަނައިގައިޥާ އާސެނަލްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 3 ދުވަސް ކުރިންމެންޗެސްޓަރ ސިޓީއިން ވަގަށް އެއްބިލިޔަނާ ގާތަށް ކުލަބަށް އާމްދަނީ ވައްދައި ޚަރަދުކޮށްފައިވާކަން ޕްރީމިއަރ ލީގުން ރަސްމީކޮށް ހާމަކޮށްފިކުޅިވަރު | 14 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | 25 ދުވަސް ކުރިންރޯޖާސް އަދި ޕާމާގެ މޮޅުކުޅުމާއެކު ފަހަތުން އަރައި ލީޑްސް ބަލިކޮށް ޗެލްސީ އިނގިރޭސި ލީގުކަޕްގެ ހަތަރުވަނަ ބުރަށްކުޅިވަރު | މަހެއް ކުރިން