logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހުރިހާ ރުޅިގަނޑެއް ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަން ކުލަބަކަށް

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2026 - 03:41
ޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހުރިހާ ރުޅިގަނޑެއް ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަން ކުލަބަކަށް

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އިންގްލަޏްޑްގެ ތިންވަނަ ޑިވިޝަނުގެ އެންމެ ފުލުގައި އޮތް ޕޯޓް ވޭލްއާ ބައްދަލުކުރި މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ޗެލްސީން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފަށައިގެން އެންމެ 64 ސިކުންތުގެ ތެރޭގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮރެލް ހާޓޯއެވެ. މިއީ ޕެޑްރޯ ނެޓޯ ނެގި ކޯނަރެއް ޕޯޓް ވޭލްގެ ކީޕަރު ޖޯ ގޯޗީ ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނު ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޔޮއާއޯ ޕެޑްރޯ ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މިއީ ކޯލް ޕާމާ ފޮނުވާލި ހަމަލާއެއް ޕޯޓް ވޭލްގެ ޖޯޑަން ލޯރެންސް-ގެބްރިއަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ހާފުގައި ޗެލްސީން އިތުރަށް ވަރުގަދަކޮށް، 70 ވަނަ މިނެޓުގެ ކުރިން ތޯސިން އަޑަރަބިއޯޔޯ އަދި އެންޑްރޭ ސަންތޯސް ވަނީ ބޮލުން ފޮނުވާލި ހަމަލާތަކުން ލަނޑުތައް ކާމިޔާބުކޮށް ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ.

މެޗުގެ ފަހުކޮޅު ޒުވާން ކުޅުންތެރިޔާ އެސްޓެވާއޯ ވަނީ 82 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އަލެހަންދްރޯ ގާނާޗޯ ވަނީ ޗެލްސީގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި އެސްޓެވާއޯ ވަނީ މޮޅު ކުޅުމެއް ދައްކައި، އެއް ލަނޑު ޖަހައި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.

މިއީ 2005-06 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލުން ބާމިންހަމް ސިޓީ 7-0 އިން ބަލިކުރި ފަހުން، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލެއްގައި ޓީމަކުން 7 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ޗެލްސީގެ ކޯޗު ލިއަމް ރޮސީނިއޯ ވަނީ މި ހަފުތާގައި ކްލަބަށް ކުރިމަތިވި ފާޑުކިޔުންތަކާއެކުވެސް، ކުޅުންތެރިން ދެއްކި ސަމާލުކަމަށް ތައުރީފުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހުރިހާ ރުޅިގަނޑެއް ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަން ކުލަބަކަށްކުޅިވަރު | 7 ގަޑިއިރު ކުރިންމެޑްރިޑްއަށް އޮތް ލޯބި ހާމަކުރުމާއެކު ޗެލްސީގެ ވައިސްކެޕްޓަން ސަސްޕެންޑްކޮށްފިކުޅިވަރު | 2 ދުވަސް ކުރިންއިނދަޖެހިދާނެކަމުގެ ބިރުހީވެފައިވާ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޑްޜިޑްއާއި ފްލާރޓް ކުރަނީ، ކުޅުންތެރިން ރަތަށްކުޅިވަރު | 2 ދުވަސް ކުރިންޖެހިޖެހިގެން 4 މެޗުން ޗެލްސީ ބަލިވެ ލީގުގެ ގަދަ ހަތަރެއްގެ ދަތުރަށް އިތުރު ހުރަސްތަކެއްކުޅިވަރު | 14 ދުވަސް ކުރިން