logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ: ވަޒީރު ނާޒިމް

އައިޝަތު ނަޝާ
5 ޖެނުއަރީ 2026 - 11:21
ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ: ވަޒީރު ނާޒިމް

ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ ކަމަށާއި ކެންސަރު ޖެހުމުގައި ރާއްޖޭގައި އެންމެ އާންމު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ސިއްހީ ވަޒީރު  ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ ކަމަށާއި، އެ ކަން ދެނެގަތުމަށް ޓަކައި އަދި މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށްށެވެ.

އަދި ކެންސަރު ބައްޔަކީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ކަންބޮޑުވުން އޮތް އެއް ބަލި ކަން ފާހަގަ ކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ، ކެންސަރު ޖެހެން މަގުފަހިވާ އެކި ސަބަބުތައް އެބަހުރި ކަމަށާއި ނަމަވެސް ދިވެހީންނަށް ކެންސަރު ޖެހެނީ ސީދާ ކޮން ސަބަބަކާ ހެދިކަން އެއީ އަދި ހޯދިފައި އޮތް ކަމެއް ނޫން ކަމަށްށެވެ.

ނަމަވެސް ސިއްހީ ސިޔާސަތުގެ ދަށުން ކުރިއާލާ ޓެސްޓުތައް ހެދުމަށް ބާރު އެޅުމާއި، ރަށްރަށުގައި ވެސް ޓެސްޓު ހެދޭނެ މަގުފަހި ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކެންސަރަށް ދެވޭ ފަރުވާގެ ޚިދުމަތް ވެސް އަތޮޅު ތެރޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވަޒީރު ވިދާޅުވިއެވެ.

ކެންސަރު ބަލީގައި ވަރަށް ކައިރިކައިރީ ފާއިތުވި އަހަރުތަކުގައި މީހުން މަރުވެ، އެ ކަން އާންމުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރަށް، ރާއްޖޭގެ ދަނޑުތަކުގައި ހައްދާ މޭވާއާއި ތަރުކާރީއަކީ ބޭރުން އެތެރެކުރާ ކެމިކަލް ވެސް ގިނަ އަދަދަކަށް ޖަހައިގެން ހައްދާ މޭވާއާއި ތަރުކާރީއެވެ. އެހެންކަމުން އެ ތަކެތީގައި ހުންނަ ބައެއް މާއްދާތަކަކީ ވެސް ކެންސަރަށް މަގުފަހިވުމުގެ ބިރު ހުރި މާއްދާތަކެވެެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ އަދަދު 900 އަށް އިތުރުކުރެވިއްޖެ: ވަޒީރު ނާޒިމްޚަބަރު | 2 ދުވަސް ކުރިންދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަން އަދި ނޭނގޭ: ވަޒީރު ނާޒިމްޚަބަރު | 2 ދުވަސް ކުރިންދުވާފަރު ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 25 ދުވަސް ކުރިންސްޓޭޓް ފާމަސޫޓިކަލްއަކީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު ޚަބަރު | 2 މަސް ކުރިން