އުުތުރުހަޅަ ފެށިއްޖެ؛ އިރުވައި ހަޅައިގެ ބާރުަގަދަ ދުވަސްތަކަކީ މިއީ!
6 ޖެނުއަރީ 2026 - 10:14

ދިވެހި ނަކަތު ކަލަންޑަރުގައިވާ ގޮތުން އުތުރުހަޅަ ފެށިއްޖެއެވެ.
މިއަދު ފެށުނު އުތުރުހަޅައަކީ އިރުވައި މޫސުމުގެ ތިންވަނަ ނަކަތެވެ. މިއީ އިރުވައިހަޅައިގެ އެންމެ ބާރުގަދަ ދުވަސްތައް ކަމަށް ބުނެ އުޅޭ ދުވަސްވަރުގެ ފެށުމެވެ.

Ad by Hajj Corporation
މި ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ. މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާންމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ.
މި ނަކަތުގައި ވަނީ 13 ދުވަހެވެ. އެހެންކަމުން މި ނަކަތް ނިމޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފެށޭނީ "ހުވަން" ނަކަތެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މިހާރުވެސް ވަނީ، ރާއްޖޭގެ ބައެއް ހިސާބުތަކަށް ކަނޑު ގަދަ ކަމަށް ބުނެފައެވެ.
އެކަމަކު ދިވެހި ނަކަތާއި މިހާރުގެ މޫސުމީ ބަދަލުތަކާ ދިމާނުވާ ފަހަރު އާދެއެވެ. އެހެންވެ ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ނަކަތްތައް ވެސް، ކުރީގެ ދުވަސްވަރާ ބަލާއިރު، ބައެއް ފަހަރަށް ދިމައެއް ނުވެއެވެ.
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަނީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުންނެވެ.
ދިވެހި ނަކަތުގައި ލަފާކުރާ މޫސުމާ ދިމާވާ ނަމަ މި ވިއްސާރަ ހަމަޔަަކަށް އެޅޭނީ ޖެނުއަރީ 18 ގައި އުތުރުހަޅަ ނިމި ހުވަން ނަކަތް ފެށުމުންނެވެ.


