logo
Bank of Maldives

Bank of Maldives

ދުނިޔެ

ފްރާންސަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ޕެރިހުގެ މައި އެއާޕޯޓުތަކުގެ ފްލައިޓްތަކުގެ 15 އިންސައްތަ ކެންސަލް ކުރުމަށް އެއާލައިންތަކުގައި ފްރާންސުން އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖެނުއަރީ 2026 - 20:08
Screenshot
Screenshot

ފްރާންސުގެ ވެރިރަށް ޕެރިހަށް ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން، އޯލީ އަދި ޗާލްސް ޑި ގޯލް އެއާޕޯޓުގެ ފްލައިޓްތަކުގެ 15 އިންސައްތަ މިރޭގެ ނިޔަލަށް ކެންސަލް ކުރުމަށް ފްރާންސުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯމަ ދުވަހު އެއާލައިންތަކުގައި އެދިއްޖެއެވެ.

ފްލައިޓްތައް ފުރުމާއި ޖެއްސުން މަދުކުރާހާ ހިނދަކު، ކެންސަލް ކުރާނީ ކޮން ފްލައިޓްތަކެއްކަން ނިންމުމުގެ އިޚްތިޔާރު އެއާލައިންތަކަށް އޮންނާނެ ކަމަށް ތަރުޖަމާނަކު ރޮއިޓާސްއަށް މައުލޫމާތު ދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕެރިސް-ޗާލްސް ޑި ގޯލް އެއާޕޯޓުން ޖީ.އެމް.ޓީ ގަޑިން 19:00 އާ ހަމައަށް، އަދި ޕެރިސް-އޯލީ އެއާޕޯޓުން ޖީ.އެމް.ޓީ ގަޑިން 22:30 އާ ހަމައަށް ފްލައިޓްތައް މަދުކުރުމަށް ވަނީ އަންގާފައެވެ.

ފްރާންސުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަތުރުވެރިން ގެއިން ނުކުތުމުގެ ކުރިން ފްލައިޓް އޮތްތޯ ޗެކްކުރުމަށާއި، އެއާޕޯޓަށް ދިއުމަށް އަމިއްލަ ކާރުގެ ބަދަލުގައި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ޔޫރަޕްގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓު ކަމަށްވާ އެމްސްޓަޑަމްގެ ޝިޕޯލް އެއާޕޯޓުން ވެސް ސްނޯ ފޭބުމުގެ ސަބަބުން ހޯމަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 500 ފްލައިޓް ކެންސަލްކޮށް، ޖީ.އެމް.ޓީ ގަޑިން 12:00 އާ ހަމައަށް އެއާޕޯޓަށް ފްލައިޓްތައް ޖެއްސުން މެދުކަނޑާލާފައިވާ ކަމަށް އޭ.އެން.ޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ކުޑަކުއްޖާ ހިންދުގެ ވާހަކައަށް ހެދި ފިލްމު އޮސްކާ އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | 11 ގަޑިއިރު ކުރިންއިންޑިއާގައި ނަމާދުކުރަން ތިބި ބަޔަކު ހައްޔަރުކޮށް ދައުވާ ކުރަނީދުނިޔެ | 2 ދުވަސް ކުރިންއެމެރިކާއިން ކެނެޑާއަށް އަރައިގަނެފި ހާލަތެއްގައި، ކެނެޑާއިން ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވަނީދުނިޔެ | 2 ދުވަސް ކުރިންގްރީންލޭންޑާ ބެހޭ ބަހުސްގައި ޑެންމާކުގެ އެމްޕީއަކު ހުތުރު ބަހުން ޓްރަމްޕަށް ރައްދު ދީފިޚަބަރު | 3 ދުވަސް ކުރިން