logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

އެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ޒިދާން މުޙައްމަދު
7 ޖެނުއަރީ 2026 - 10:17
އެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން - އެޗްއާރްސީއެމްގެ ރައީސްކަމަށް، ކުރީގެ މިނިސްޓަރ އޮފް އެނިމަލް ވެލްފަޔަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.

ޑރ. ޢާއިޝަތު ރަމީލާ އެކޮމިޝަނުގެ ރައީސްގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް އެކަމަނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާގެ އިތުރުން ދެން އެކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަންގެ ނައިބުރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމްއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 2 މަސް ކުރިންއެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންއެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 2 މަސް ކުރިންއަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެކަމެއް: އެޗްއާރްސީއެމްޚަބަރު | 3 މަސް ކުރިން