logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: މެޓް

ޒިދާން މުޙައްމަދު
7 ޖެނުއަރީ 2026 - 10:39
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން އެދިއްޖެއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ. ވައިޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުތައް ގަަދަވާނެތީ ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދުނެވެ.

އިއްޔެ މިވަނީ މޫސުމީ ނަކަތުން އުތުރުހަޅަ ފެށިފައެވެ. މި ފެށުނު އުތުރުހަޅައަކީ އިރުވައި މޫސުމުގެ ތިންވަނަ ނަކަތެވެ. މިއީ އިރުވައިހަޅައިގެ އެންމެ ބާރުގަދަ ދުވަސްތައް ކަމަށް ބުނެ އުޅޭ ދުވަސްވަރުގެ ފެށުމެވެ.

މި ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ. މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާންމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ.

މި ނަކަތުގައި ވަނީ 13 ދުވަހެވެ. އެހެންކަމުން މި ނަކަތް ނިމޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފެށޭނީ "ހުވަން" ނަކަތެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓަރެވެ.

އެކަމަކު ދިވެހި ނަކަތާއި މިހާރުގެ މޫސުމީ ބަދަލުތަކާ ދިމާނުވާ ފަހަރު އާދެއެވެ. އެހެންވެ ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ނަކަތްތައް ވެސް، ކުރީގެ ދުވަސްވަރާ ބަލާއިރު، ބައެއް ފަހަރަށް ދިމައެއް ނުވެއެވެ.

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަނީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުންނެވެ.

ދިވެހި ނަކަތުގައި ލަފާކުރާ މޫސުމާ ދިމާވާ ނަމަ މި ވިއްސާރަ ހަމަޔަަކަށް އެޅޭނީ ޖެނުއަރީ 18 ގައި އުތުރުހަޅަ ނިމި ހުވަން ނަކަތް ފެށުމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: މެޓްޚަބަރު | ދުވަހެއް ކުރިންއުުތުރުހަޅަ ފެށިއްޖެ؛ އިރުވައި ހަޅައިގެ ބާރުަގަދަ ދުވަސްތަކަކީ މިއީ!ޚަބަރު | 2 ދުވަސް ކުރިންކުރިއަށް އޮތީ އުޑުމަތި ސާފު ނަމަވެސް ކަނޑު ގަދަ ދުވަސްތަކެއް!ޚަބަރު | 3 ދުވަސް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓްޚަބަރު | 4 ދުވަސް ކުރިން