logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރުގެ ފުރަތަމަ ހަފްތާގައި، 43،000 އަށްވުރެ ގިނަ ފަތުރުވެރިން!

އައިޝަތު ނަޝާ
7 ޖެނުއަރީ 2026 - 12:17
އަހަރުގެ ފުރަތަމަ ހަފްތާގައި، 43،000 އަށްވުރެ ގިނަ ފަތުރުވެރިން!

މިއަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެއަށް 43000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 43,481 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 37,928 ފަތުރުވެރިންނާ އަޅާ ބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 8،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ރާއްޖޭގެ ވަކިވަކި އެއަރޕޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 42,828 ފަތުރުވެރިންނެވެ. އަދި 200 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން އެތެރެވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ މުޅި ޖުމްލަ 2,246,516 ފަތުރުވެރިންނެވެ.

މިިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | 18 ދުވަސް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޚަބަރު | މަހެއް ކުރިންމިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން!ޚަބަރު | މަހެއް ކުރިން