logo
MPL

MPL

ކުޅިވަރު

ކޯޗު ބޭރުކޮށްގެންވެސް ނަތީޖާ ބަދަލެއް ނުވޭ! ލީގުގައި މޮޅެއް ނުލިބި ތިންމެޗު ޔުނައިޓެޑުން ހަމަކޮށްފި

އަބްދުﷲ ޣާނިމް
8 ޖެނުއަރީ 2026 - 03:37
ކޯޗު ބޭރުކޮށްގެންވެސް ނަތީޖާ ބަދަލެއް ނުވޭ!  ލީގުގައި މޮޅެއް ނުލިބި ތިންމެޗު ޔުނައިޓެޑުން ހަމަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ޔުނައިޓެޑަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗަކީ ރޫބެން އަމޯރިމް ވަކިވުމަށްފަހު ވަގުތީ ކޯޗު ފްލެޗަރ ގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗެވެ.

މިމެޗުގައި ޔުނައިޓެޑްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ބެންޖަމިން ސެސްކޯއެވެ. ނަމަވެސް ތާވަލުގެ ފުލުގައި އޮތް ބާންލީން ވަނީ ހިތްވަރާއެކު ކުޅެ ޔުނައިޓެޑް ހިފަހައްޓާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުން މޮޅުވިނަމަ ޔުނައިޓެޑަށް ތާވަލުގެ ހަތަރުވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެއްވަރުވުމުން އެ ޓީމު މިހާރު އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމުގައެވެ. އަނެއްކޮޅުން ބާންލީ އޮތީ ތާވަލުގެ 19 ވަނައިގައެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް އެ ޓީމަށް އަދި އަށް ޕޮއިންޓް ބޭނުންވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޮޅެއް ނުލިބި ޔުނައިޓެޑް އެއްމަސް ހަމަކޮށްފިކުޅިވަރު | 10 ގަޑިއިރު ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 3 ދުވަސް ކުރިންކޫނިއާގެ ލަނޑާއެކު ޔުނައިޓެޑުން ފުލަމްއާ އެއްވަރުކޮށް ލަދުވެތި ބަލިވުމަކުން ސަލާމަތްވެއްޖެކުޅިވަރު | 23 ދުވަސް ކުރިންއަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިން