logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދު ވެސް ވައި ނުސާފު، ނުރައްކާތެރިކަން ބޮޑު: އެޗްޕީއޭ

އައިޝަތު ނަޝާ
8 ޖެނުއަރީ 2026 - 05:30
މިއަދު ވެސް ވައި ނުސާފު، ނުރައްކާތެރިކަން ބޮޑު:  އެޗްޕީއޭ

މިއަދުވެސް ރާޢްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވައިނުސާފު ކަމުގެ މިންވަރު މިއަދު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ. އެކަމަކު އަދިވެސް ރާއްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފެވެ. ވިލިމާލެ، ދ. ކުޑަހުވަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީން ނަގާފައިވާ މަޢުލޫމާތަށް ބަލާއިރު، ވައިގެ ނުސާފުކަން ހުރީ، ނުރައްކާވާ މިންގަނޑެއްގައެވެ. އެއީ، 157 އާއި 167 އާ ދެމެދުގައެވެ.

ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ. މި މޫސުމުގައި އިއްޔެއަކީ، ރާއްޖެއަށް އެންމެ ބޮޑަށް ވައި ނުސާފުވި ދުވަހެވެ. ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ މި އަދަދު 190 އިން މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ. ވައި ނުސާފުވުމުގެ ސަބަބުން އިއްޔެ ދުރު ފެންނަ މިންވަރު ހުރީ، 1.5 ކިލޯމީޓަރުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، އިއްޔެ އަށްވުރެ މިއަދު ދުރު ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އިއްޔެ ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރުގައި ހުރި ނަމަވެސް މިއަދު ދުރު ފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް އިތުރެވެފައެވެ. މި އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ.

ވައިގެ ނުސާފު މިންވަރު މިހާރު ހުރީ، ސިއްޙަތަށް ނުރައްކާވާ މިންވަރެއްގައެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ. އެހެންކަމުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، އަދި ނިކުންނައިރުވެސް އެން.95 މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދު ވެސް ވައި ނުސާފު، ނުރައްކާތެރިކަން ބޮޑު: އެޗްޕީއޭޚަބަރު | 13 ގަޑިއިރު ކުރިންމިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވޭޚަބަރު | 10 މަސް ކުރިންދުންފަތް ކޮންޓްރޯލް ކުރުމަށް މަދަނީ ޖަމްޢިއްޔާތަކާއެކު މަޝްވަރާތައް ފަށައިފިޚަބަރު | އަހަރެއް ކުރިން