logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު ބޭރުގެ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު ކޮށްފައިވޭ

އައިޝަތު ނަޝާ
8 ޖެނުއަރީ 2026 - 10:28
މިދިޔަ އަހަރު ބޭރުގެ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު ކޮށްފައިވޭ

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް ޖުމްލަ 15،689 ދަތުރު ކޮށްފައިވެއެވެ. 202

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޝެޑިއުލް ފްލައިޓްތަކުގެ 14،400 ދަތުރު ރާއްޖެއަށް ވަނީ ކޮށްފައެވެ. ޝެޑިއުލް ދަތުރުތަކުގެ އިތުރުން، ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރު ފްލައިޓްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މިފަދަ 1،289 ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ކުރި 1،247 ދަތުރާ އަޅާބަލާއިރު 3.3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްތައް އިތުރުވަމުންދާއިރު، ރާއްޖެއަށް މިހާރު ދަތުރުކުރާ ގިނަ އެއާލައިންތަކުން ދަނީ އެ އެއާލައިންތަކުގެ ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންނެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރު ޓާމިނަލް ހުޅުވުމާއެކު، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ހުރިހާ އެއާލައިންތަކެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު ބޭރުގެ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު ކޮށްފައިވޭޚަބަރު | 21 ގަޑިއިރު ކުރިން2027 ނިމޭ އިރު ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ!ޚަބަރު | 6 ދުވަސް ކުރިންމާލީ ދާއިރާ ތަރައްގިކުރުމަށް 3 ހަރަކާތެއް އިފްތިތާހުކޮށްފި ޚަބަރު | 18 ދުވަސް ކުރިންސެޕްޓެމްބަރުގެ ނިޔަލަށް 326 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފިޚަބަރު | 2 މަސް ކުރިން