ޓިކްޓޮކް އަމްޖު ކުއްލި ގޮތަކަށް މަރުވެއްޖެ
ޒިދާން މުޙައްމަދު
8 ޖެނުއަރީ 2026 - 11:31

ޓިކްޓޮކްގައި ދިވެހިންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ޓިކްޓޮކްގައި އަމްޖަދު ބޮޑަށް މަޝްހޫރުވެފައިވަނީ ޓިކްޓޮކް ލައިވްތަކުގެ ހޯސްޓެއްގެ ގޮތުގައެވެ. އަމްޖަދު މަރުވުމުގެ 15 ވަރަކަށް ގަޑިއިރު ކުރިން ޓިކްޓޮކަށް ވީޑިއޯއެއް ވެސް އަޕްލޯޑްކޮށްފައިވެއެވެ.

Ad by Hajj Corporation
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖަދު މަރުވިކަން ޑޮކްޓަރުން ޑިކްލެއަރކުރީ ކ. ތިލަފުށީގައި ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓުމުން، މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔުމުންނެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތައް ވަނީ އިތުރުވެފައެވެ.


