logo
Bank of Maldives

Bank of Maldives

ޚަބަރު

އުފެއްދުންތެރިކޮށް ޓިކްޓޮކް ބޭނުންކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޒިދާން މުޙައްމަދު
21 ޖެނުއަރީ 2026 - 10:43
އުފެއްދުންތެރިކޮށް ޓިކްޓޮކް ބޭނުންކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އުފެއްދުންތެރިކޮށް ޓިކްޓޮކް ބޭނުންކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

 މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ސްވިޒަލޭންޑުގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް)ގެ ތެރެއިން، އިޤްތިޞާދީ ވަޒީރު ސައީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާ މަޝްވަރާތައްކުރައްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ނުވަތަ މޮނަޓައިޒް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް، ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން މަންފާ ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، މިކަމާ ގުޅޭ ގޮތުން އިޤްތިޞާދީ ވުޒާރާއާއެކު ވަނީ މަޝްވަރާތަކެއްކޮށްފައެވެ.

އެ ފަހަރު ވަޒީރު ސަޢީދު ވަނީ މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް ޓިކްޓޮކާއެކު ގާތް ގުޅުމެއް ބާއްވައި، އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުފެއްދުންތެރިކޮށް ޓިކްޓޮކް ބޭނުންކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންވޯލްޑްކަޕް 2026: މުބާރާތުގެ ކަވަރެޖް ފުޅާކުރުމަށް ޓިކްޓޮކް އާއި ފީފާ އިން "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމަކަށްކުޅިވަރު | 11 ދުވަސް ކުރިންޓިކްޓޮކް އަމްޖު ކުއްލި ގޮތަކަށް މަރުވެއްޖެޚަބަރު | 13 ދުވަސް ކުރިންޓިކްޓޮކުން ތަރިންނަށް އާމްދަނީ ހޯދޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިޚަބަރު | 9 މަސް ކުރިން