logo
Bank of Maldives

Bank of Maldives

ޚަބަރު

މި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް: ރައީސް

ޒިދާން މުޙައްމަދު
9 ޖެނުއަރީ 2026 - 06:25
މި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް: ރައީސް

މި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން އިސްލާޙެއް ހުށައެޅުމުން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަކީ، ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު ދީގެންވާނޭ ކަމެއް ނޫންކަމަށެވެ.

ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުންދިއުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިޚާބުތަކުން ޖާގަ އޮވެގެން ނުވާނެކަމަށެވެ.

ރައީސް ވިދާޅުވީ މި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށްކަމަށާއި، އެ ޤައުމެއްގެ ކަންކަން އިސްލާޙުކުރެވޭނީ އެ ޤައުމެއްގެ ފަރުދުންގެ ކިބައިގައި އެފަދަ ޚިޔާލާތެއް ހުރިމިންވަރަކުން ކަމަށެވެ.

ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް ނަޞްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށްކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ގޮތުގެމަތީން ކުރައްވަމުންދާ ބައެއް މަސައްކަތްތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން މަސާޖު ޕާލަރތަކުގެ ނަމުގައި ބަދުއަޚުލާޤީ ޢަމަލުތަކުގެ ވިޔަފާރި ހިންގާ ތަންތަން ބަންދުކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގައި ހިމެނިގެން ގާތްގަނޑަކަށް އެއް މަސްދުވަހުގެ ތެރޭގައި، މާލޭ ސިޓީއިން އެކަނި، މިފަދަ 104 ތަނެއް ބަންދުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، ވަކި ޢަދަދަކަށްވުރެ ގިނައިން މަސްތުވާތަކެތީގެ ވަގުފާރި ކުރާމީހުންނަށް މަރުގެ އަދަބު ކަނޑައެޅޭގޮތަށް ޤާނޫނު އިސްލާޙުކުރައްވައި ތަސްދީޤުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ލޯކަލް ޓޫރިޒަމްގެ ޤަވާއިދު އިޞްލާހުކުރައްވައި، ސަފާރީތައް ހިންގުމުގެ ޤަވާއިދާ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ގެންގުޅެންޖެހޭ މިންގަނޑާއެކު، ދާދި އަވަހަށް ގެޒެޓުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އިސްލާޙީ މަސައްކަތްތައް ތަންފީޒުކުރުމުގައިވެސް ކައުންސިލްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ގޯހެއްކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި މީހަކަށް، އެކަން ޤަބޫލުކުރެވޭނޭކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އިސްލާމް ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ ގޮވައިލާ ސިޔާސީ ފިކުރަކަށް ފުރުޞަތު ދީގެން ނުވާނެ''ރިޕޯޓް | 5 ގަޑިއިރު ކުރިންމީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑަށް އިސްލާހެއްޚަބަރު | 9 ގަޑިއިރު ކުރިންމީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ހަދަނީޚަބަރު | 13 ގަޑިއިރު ކުރިންމި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް: ރައީސްޚަބަރު | 16 ގަޑިއިރު ކުރިން