logo
Bank of Maldives

Bank of Maldives

ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ހަދަނީ

އައިޝަތު ނަޝާ
9 ޖެނުއަރީ 2026 - 09:26
މީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ހަދަނީ

މީހުން ދިރިއުޅޭ ރަށްރަށާ އެއް ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވައިގެން ހިދުމަތް ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން ނިންމަފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަފާރީތަކަކީ ލައިސަންސް އޮވެގެން ރިސޯޓްތަކުގައި އޮންނަހެން، ސަފާރީގައި ނިދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނަ ބައެއް ނަމަވެސް، ލޯކަލް ޓޫރިޒަން ހިންގާ ރަށްތައް ކައިރީގައި ސަފާރީ ބާއްވާއިގެން ނުގަވާއިދުން، އެތައް ނޭދެވޭ ކަންކަން ހިނގަމުންދާ ކަމަަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމްއަކީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެކަމަށްޓަކައި އެތައް ކަމެއް މަގުފަހި ކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަނީވެސް އެ ބޭނުމުގައި ކަަމަށެވެ. އަދި ކުރިން ދެންނެވި ގޮތަށް 75 ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އަންނަ މާރިޗްއަށް ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ޝަކުވާތައް އެމަނިކުފާނަށް ލިބެމުން އަންނަ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި، އިހްލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ގަވާއިދުތައް އިސްލާހު ކުރަމުންދާ ކަމަށެވެ.

އަދި ރަށު ތެރޭގައި ޓޫރިސްޓުން އުޅޭއިރުގައި ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި މިކަންކަން މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހު ގެނެވި ދާދި އަަަވަހަށް ގެޒެޓް ކުރެވިގެން ދާނެކަމަށާއި، ނަމަވެސް މިކަންކަން ތަންފީޒު ކުރުމުގައި ފުލުހުންގެ މުއައްސަސާ ކަމުގައިވިޔަސް، އަދި ޓޫރިޒަމް މިނިސްޓްރީ ކަމުގައިވިޔަސް، ޑޭޓުޑޭ އެއްބާރުލުން ދޭން ޖެހޭ ފަރާތްތަކަކީ ކައުންސިލުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ގައުމުގައި ގޯސްމަގުން ކަންކަން ވެގެންދާކަން ބޭނުން ނުވާކަމާށާއި، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ވިސްނުން ކައުންސިލްތަކުގައި ހުންނަން ވާނެ ކަމަަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އިސްލާމް ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ ގޮވައިލާ ސިޔާސީ ފިކުރަކަށް ފުރުޞަތު ދީގެން ނުވާނެ''ރިޕޯޓް | 8 ގަޑިއިރު ކުރިންމީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑަށް އިސްލާހެއްޚަބަރު | 12 ގަޑިއިރު ކުރިންމީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ހަދަނީޚަބަރު | 16 ގަޑިއިރު ކުރިންމި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް: ރައީސްޚަބަރު | 19 ގަޑިއިރު ކުރިން