logo
ޚަބަރު

ބައްސާމް އެދުނު މުއްދަތު ދޭން ފުލުހުން ނިންމައިފި

އަޙްމަދު ޒަލީފް
6 އޮކްޓޯބަރު 2024 - 15:32
ބައްސާމް އެދުނު މުއްދަތު ދޭން ފުލުހުން ނިންމައިފި

ޚިޔާނާތުގެ ތުހުމަތު ކުރެވޭތީ އަތުލަން ނިންމި ދެ ފްލެޓް އަތުލުން މި މަހުގެ ނިޔަލަށް ފަސްކޮށްދޭން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދުމުން އެ މުއްދަތު އެގޮތަށް ދޭން ފުލުހުން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28ގައި ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ބައެއް ފައިސާއިން، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ.

އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވިއިރު، ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ.

އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައްސާމް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ހައިކޯޓަށް ބަލައެއް ނުގަތްޚަބަރު | އަހަރެއް ކުރިންބައްސާމު ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފިޚަބަރު | އަހަރެއް ކުރިންއެޕާޓްމަންޓްތައް ހަވާލުކުރަން ބައްސާމަށް އިތުރު މުއްދަތެއް ނުދެވޭނެ - ފުލުހުންޚަބަރު | އަހަރެއް ކުރިންބައްސާމް އެދުނު މުއްދަތު ދޭން ފުލުހުން ނިންމައިފި ޚަބަރު | އަހަރެއް ކުރިން