ބައްސާމު ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި

9 އޮކްޓޯބަރު 2024 - 02:52

ޚިޔާނާތުގެ ފައިސާއިން ގަނެފައިވާކަމަށް ތުހުމަތުކުރެވޭ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28ގައި ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation
އެތަންތަން ހަވާލުކުރަން ކޯޓުން އަމުރުކުރީ 6 އޮކްޓޯބަރު 2024 ގެ ނިޔަލަށެވެ.
Bassaam Edhunu Muhdhathu Dheyn Fuluhun Nimmaifi (mendhuru.tv)
ނަމަވެސް ބައްސާމުގެ ވަކީލުންގެ ފަރާތުން އެ ތަންތަން ފުލުހުންނާއި ހަވާލުކުރުމަށް މި މަހުގެ 31 އާއި ހަމައަށް އިތުރު މުއްދަތު ދިނުމަށް އެދުމުން ފުލުހުން އެގޮތަށް ނިންމުމަށްފަހު 7 އޮކްޓޯބަރުގައި ވަނީ އެތަންތަން 8 އޮކްޓޯބަރު ދުވަހުގެ ރޭ 12:00 ގެ ކުރިން ހަވާލުކުރަން އަލުން އަންގާފައެވެ.
ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ވަނީ އެ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކޮށްދިންކަން ޔަގީންކޮށްދީފަ އެވެ.