logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެކްސިކޯގެ ވޯލްޑް ކަޕް ސްޓޭޑިަމެއް ކައިރިން އިންސާނުންގެ ބައިތައް އަޅާފައިވާ 400 އަށްވުރެ ގިނަ ކޮތަޅު ފެނިއްޖެ

މެކްސިކޯގެ ޒަޕޮޕަން ގައި ހުންނަ  ވޯލްޑް ކަޕް ސްޓޭޑިއަމް ކަމަށްވާ ސްޓޭޑިއޯ އެކްރޮން: މި ސްޓޭޑިއަމްގެ ކައިރިން އިންސާނުންގެ ބައިތަކެއް ހިމެނޭ ކޮތަޅުތަކެއް ވަނީ ފެނިފަ
މެކްސިކޯގެ ޒަޕޮޕަން ގައި ހުންނަ ވޯލްޑް ކަޕް ސްޓޭޑިއަމް ކަމަށްވާ ސްޓޭޑިއޯ އެކްރޮން: މި ސްޓޭޑިއަމްގެ ކައިރިން އިންސާނުންގެ ބައިތަކެއް ހިމެނޭ ކޮތަޅުތަކެއް ވަނީ ފެނިފަ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާ އެއް ސްޓޭޑިއަމް ކަމަށްވާ މެކްސިކޯގެ 'އެސްޓާޑިއޯ އަކްރޯން' ކައިރިން، އިންސާނުންގެ ހަށިގަނޑުގެ ބައިތައް އަޅާފައިވާ 400 އަށްވުރެ ގިނަ ކޮތަޅު ފެނިއްޖެއެވެ.

ކަޅު ޑަސްބިން ކޮތަޅުތަކަކަށް އަޅާފައިވާ މި ހަށިތައް ފެނިފައިވަނީ މެކްސިކޯގައި ވާނުވާ ނޭނގި ގެއްލޭ މީހުން ހޯދުމަށް ހަރަކާތްތެރިވާ ސާޗް ގުރޫޕް ތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާމަކުރި ސާޗް ގްރޫޕުތަކުން ބުނާ ގޮތުގައި، މި ހަށިތަކަކީ އެކި ދުވަސްވަރު މަތިން އެކި ހިސާބުތަކުގައި މީހުން ވަޅުލުމަށް ހަދާފައިވާ ގަބުރުސްތާނުތަކުން ނަގާފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތަކެއްކަަމަށް ބެލެވެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެތަނުން ފެނުނު ކޮތަޅުގެ އަދަދު 456 އަށްވުރެ ގިނަވާނެއެވެ.

އިންސާނުންގެ ހަށިގަނޑުގެ ބައިތައް އަޅާފައިވާ މި ކޮތަޅުތައް ފެނިފައިމިވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައިކަމަށްވާއިރު، އެ ކޮތަޅުތައް ފެނިފައި ވަނީ އެ ދެ ސްޓޭޑިއަމް އާއި 20 ނުވަތަ 30 ކިލޯމީޓަރު ދުރުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މެކްސިކޯގެ 'އެސްޓާޑިއޯ އަކްރޯން' އަކީ މިފަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މުހިންމު މެޗުތަކެއް ކުޅެން ތާވަލް ކޮށްފައިވާ ސްޓޭޑިއަމެކެވެ. މި ފަދަ މުހިންމު ސަރަހައްދެއްގެ ކައިރިން މިފަދަ ދަނޑިވަޅެއްގައި މިފަދަ ބޮޑު ހިތާމަވެރި މަންޒަރެއް ފެނުމަކީ އެ ގައުމަށް ވޯލްޑް މުބާރާތައް ދާ ޓީމުތަކަށާއި މުބާރާތް ބަލަން ދާ ފަރާރްތަކަށް ވެސް ހުރި ބިރުވެރިު އިންޒާރެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކާއި، ޑްރަގް ގެ ބޮޑެތި ނެޓްވޯކް ތައް ވެސް ދައުރުވާކަމަށް ބުނާ މެކްސިކޯ އަކީ މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުުގެ ތެރެއިން އެއް ގައުމެވެ. ރިޕޯޓްތައް ބުނާ ގޮތުން މެކްސިކޯ އަކީ އަބަދު ވެސް ވާނުވާ ނޭނގި މީހުން ގެއްލޭ ގައުމެކެވެ. މިއީ މުޅި ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމެކެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ ފީފާ އިން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ މުބާރާތް ކުރިއަށްދާއިރު، އެ ގައުމަށް ދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑެތި ފިވަޅުތަކެއް އަޅަން ޖެހޭނޭ މައްސަލަ އެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެކްސިކޯގެ ވޯލްޑް ކަޕް ސްޓޭޑިަމެއްގެ ކައިރިން މީހުންގެ ގުނަވަންތަކެއް އަޅާފައި ހުރި 400 ކޮތަޅު ފެނިއްޖެކުޅިވަރު | ދުވަހެއް ކުރިންއަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިސާގެ އިނާމު 50 އިންސައްތަ އިތުރުކުރަން ފީފާއިން ނިންމައިފިކުޅިވަރު | 24 ދުވަސް ކުރިން