logo
Bank of Maldives

Bank of Maldives

ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖެނުއަރީ 2026 - 06:51
އިސްރާއީލާއި ވާގިވެރިން އީރާނުގެ ހާލަތު ގޯސްކުރެވޭނެ ގޮތްތައް ބަލަނީ

އިސްރާއީލާއި އެހެނިހެން މަދަދުވެރި ގައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކުން އީރާނުގެ މުޒާހަރާތައް މޮނިޓަރ ކުރަމުންދާ ކަމަށާއި، އެކަމުގެ ތެރެއަށް ވަދެގަނެވޭ ވަރަށް މުޒާހަރާގެ ބައިވެރިންގެ އަދަދު އިތުރުވޭތޯ އެފަރާތްތަކުން ބަލަމުންދާ ކަމަށް ކާން ނިއުސް އިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ ކާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އެހެނިހެން ގައުމުތަކުގެ އިންޓެލިޖެންސް މުޖުތަމައުތަކުން އީރާނުގެ މުޒާހަރާތައް މޮނިޓަރ ކުރަމުންދަނީ، އެ ގައުމުގެ ސަރުކާރުގެ ހަމަޖެހުމަށް ނުރައްކާވާ ފަދަ ނާޒުކު ފައްތަރަކަށް އެ މުޒާހަރާތައް ދޭތޯ ބެލުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަރުގެ އަދަބުގެ އިންޒާރު ދިނުން ފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ސަރުކާރެއް ގުޑުވާލެވޭ ފަދަ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނެރުމުގައި މި މުޒާހަރާތައް ކާމިޔާބުވާނެ ކަމާމެދު އަދިވެސް އޮތީ ސުވާލު އުފެދިފައި ކަމަށް އެ އެސެސްމަންޓުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލާއި އެމެރިކާގެ އެނަލިސްޓުން މި ހާލަތު ނިމިގެންދާނެ ގޮތެއް އަދި ކަނޑައަޅާފައި ނުވާއިރު، ރައްޔިތުންގެ އުތުރިއެރުންތައް ކުރިއާލާ ލަފާކުރުމަކީ އުނދަގޫ ކަމެއްކަން އެފަރާތްތަކުން ގަބޫލުކުރެއެވެ.

މި ރިޕޯޓުގައި މީގެ ކުރިން އިންޓެލިޖެންސް އިދާރާތަކަށް ހެދިފައިވާ ބައެއް ގޯސްތަކަށް ރިއާޔަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު ހުސްނީ މުބާރަކުގެ ވެރިކަން ވެއްޓޭނެކަން ލަފާކުރެވިފައި ނުވުމާއި، ސޫރިޔާގެ އަސަދު ސަރުކާރު ކުއްލި ގޮތަކަށް ރޫޅިގެން ދިޔުން ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ޚަބަރު | 3 ދުވަސް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | 21 ދުވަސް ކުރިންއިންޑޮނޭޝިއާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްދުނިޔެ | 22 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | މަހެއް ކުރިން