logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރު ރާއްޖޭގައި އިތުރު ހަތް ރިސޯޓު ހުޅުވަނީ

އައިޝަތު ނަޝާ
10 ޖެނުއަރީ 2026 - 11:16
މި އަހަރު ރާއްޖޭގައި އިތުރު ހަތް ރިސޯޓު ހުޅުވަނީ

މި އަހަރުގެ ތެރޭގައި ރާއްޖޭގައި ހަތް ރިސޯޓެއް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ހިމެނޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައި ވެއެވެ. އެ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މިއީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓެއް ހުޅުވާފައި ވާއިރު، މުޅި ޖުމްލަ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު ވަނީ 178 އަށް އަރާފަ އެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ، 44,697 އަށް އިތުރުވެފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގަ އެވެ. އެ އަތޮޅުގައި 13,500 އަށްވުރެ ގިނަ އެނދު ހުރިއިރު، މިއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތަ އެވެ. ދެވަނައަށް އެންމެ އެނދު ގިނަ އދ. އަތޮޅުގައި 5,800 އަށްވުރެ ގިނަ އެނދު ހުރިއިރު، އެއީ ޖުމްލަ އެނދުގެ 13 އިންސައްތަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 951,222 ފަތުރުވެރިން އައިސްފައިވޭ!ޚަބަރު | މަހެއް ކުރިންރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށްޚަބަރު | މަހެއް ކުރިންފަތުރުވެރިކަން ދަށަށްދާ ފަރަގު ކުޑަކުރެވިއްޖެ: ވަޒީރު އަމީންޚަބަރު | 2 މަސް ކުރިންދުވާލެއްގެ މައްޗަށް 6597 ފަތުރުވެރިން ރާއްޖެ އާދޭ!ޚަބަރު | 2 މަސް ކުރިން