logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުހެދުން: 48 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފި

ޒިދާން މުޙައްމަދު
10 ޖެނުއަރީ 2026 - 12:30
ބޮޑުތަކުރުފާނު މަގުހެދުން: 48 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފި

މާލޭގެ ވަށަމަގު ކަމަށްވާ ބޮޑުތަކުރުފާނުމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިމިއްޖެއެވެ.

ބާޒާރުމަތީ ސަރަހައްދުން ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކޮށްފައިވާ ކަމަށްވެސް ބުނެއެވެ.

ވަށަމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢު ނިމުމުން އެ މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީީސީން ބުނެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އެމްޓީސީސީގެ އަމާޒަކީ، ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް މަގު ހުޅުވާލުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރާ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް!ޚަބަރު | 8 ދުވަސް ކުރިންބޮޑުތަކުރުފާނުމަގު ހެދުން: 85 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފިޚަބަރު | 8 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުހެދުން: 48 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފިޚަބަރު | 14 ދުވަސް ކުރިންގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެޚަބަރު | 14 ދުވަސް ކުރިން