logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯތީގެ މައްސަލަ ހައްލުކުރުމަށް ދައުރު ނިމެންދެން މަޑެއް ނުކުރާނަން: ރައީސް

މުޙައްމަދު އަފްރާޙް
10 ޖެނުއަރީ 2026 - 12:33
ގޯތީގެ މައްސަލަ ހައްލުކުރުމަށް ދައުރު ނިމެންދެން މަޑެއް ނުކުރާނަން: ރައީސް

ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށް މި ސަރުކާރުން މަޑުކުރަނީ ދައުރުގެ 4 ވަނަ ނުވަތަ 5 ވަނަ އަހަރަށް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ޑިސެމްބަރ 8 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މި މައްސަލައަށް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ތަރުތީބުކުރައްވާފައިވަނީ، ޙަޤީޤީ ހައްލު ހޯއްދަވައިދެއްވުމަށް އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމުގެ މަޤްޞަދުގައިކަމަށެވެ. އަދި އެމަނިކުފާނު ވަނީ މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލައްވަނީ، ރައްޔިތުން އެދިވަޑައިގެން ކަންކަން ހިމެނޭނޭހެން ޝަރުޠުތައް އިޞްލާޙުކުރައްވުމަށްފަހުގައިކަން ވެސް އެރޭ ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން މާލޭ ސަރަޙައްދުން 7900 އެއްހާ ފްލެޓާއި 15000 ގޯއްޗަށް ކުރިމަތިލުމަށް މި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލައްވާނެކަން އިއުލާންކުރެއްވިއިރު، ރައްޔިތުންގެ ބައްދަލުވުންތަކުގައި ހުށަހެޅުއްވި ބައެއް ޚިޔާލުތައް ހިމަނުއްވައިގެން ޝަރުޠުތައް އިޞްލާޙުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ކުރީގެ ސްކީމްތަކުގައި މީގެ އެތައް އަހަރެއް ކުރިން އެއް ކޮޓަރީގެ ފްލެޓުތައް ލިބުނު ނަމަވެސް، އާއިލާ ބޮޑުވެ، އެއް ކޮޓަރިން ނުފުދޭ މީހުން، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލާ ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަމައެގޮތަށް ދެ ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ މީހުންނަކީ، 18 އަހަރު ނުފުރޭ ދެ ޖިންސުގެ ދަރީން ތިބި މީހުންކަމުގައިވާނަމަ، އެމީހުންނަށްވެސް، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލާ ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ގެނެސްފައިވާ އިތުރު އިސްލާޙުތަކުގެ ތެރޭގައި، މާލޭގައި ދަފުތަރުވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކަށް ވެސް ފްލެޓަށް ކުރިމަތިލެވޭގޮތަށް ހިމަނުއްވާފައިވާކަން ފާހަގަކުރައްވާ ރައީސް ޑރ. މުޢިއްޒު ވަނީ މި ފުރުޞަތުގައި ދޫކުރުމަށް ނިންމާފައިވާ 15000 ގޯތި ދޫކުރާ ގޮތުގެ ތަފްޞީލު ވެސް އެޙަފުލާގައި ހިއްސާކުރައްވާފައެވެ.

އެގޮތުން ގޯތި ބެހިފައިވާގޮތަށް ބަލާއިރު، މާލެއަށް އުފަން މާލޭ ރައްޔިތުންނަށް 7000 ގޯތި، ދަފުތަރުގައި ޖެހިފައިވާ މީހުންނަށް 1000 ގޯތި، ފަހުން ރަޖިސްޓަރީގައި ޖެހިފައިވާ މީހުންނަށް 2000 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އަދި މައިމުޅަވެފައިވާ ފަރާތްތަކަށް 500 ގޯއްޗާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3000 ގޯއްޗާއި ހަނި ގޯޅިތަކުގައި ހުންނަ، ޢިމާރާތްކުރުމަށް ލޯނުހޯދުމަށް ދަތިކަން ހުރި ގޯތި ދޫކޮށް ގޯތިތައް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް 1500 ގޯތި ކަނޑައަޅާފައިވާ ކަމަށް ރައީސް ހާމަކުރައްވާފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްރިޕޯޓް | 12 ގަޑިއިރު ކުރިންގޯތީގެ މައްސަލަ ހައްލުކުރުމަށް ދައުރު ނިމެންދެން މަޑެއް ނުކުރާނަން: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންމިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފިވިޔަފާރި | ދުވަހެއް ކުރިން''އިސްލާމް ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ ގޮވައިލާ ސިޔާސީ ފިކުރަކަށް ފުރުޞަތު ދީގެން ނުވާނެ''ރިޕޯޓް | ދުވަހެއް ކުރިން