logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފުހުގެ ސަބަބުން، މަތިންދާ ބޯޓު ދަތުރުކުރާ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފި

އައިޝަތު ނަޝާ
10 ޖެނުއަރީ 2026 - 13:10
ދުންފުހުގެ ސަބަބުން، މަތިންދާ ބޯޓު ދަތުރުކުރާ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފި

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ދަތުރު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދަށް ދުންފުހުގެ އަސަރު ކުރަމުން ދިއުމާއެކު، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ.ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާލަތުގައި މިފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ރާއްޖޭގެ ވައިގެ ނިއަމި ކަމުގެ ޚިދުމަތް ދޭން ޙަވާލު ކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން އެކުންފުނިން ކުރުން ލާޒިމް ކަމެއް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި މިއީ އަބަދުވެސް މިފަދަ ހާލަތެއް މެދުވެރިވާ ހިނދު އަމަލު ކުރާ އުސޫލުކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.

މި ދުވަސްވަރަކީ، ދުންފުހުގެ އަސަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ދުވަސްވަރެއް ކަމުން އެމްއޭސީއެލްއިން އަޅާފައިވާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ޤަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލުމެވެ. އޭގެ ބަދަލުގައި އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރު ކުރަން މިހާރު ވަނީ އަނގާފައެވެ. މި ޤަވާއިދަށް ޢަމަލު ކުރާނީ، ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްއޭސީއެލްއިން ބުނީ، އެސްވީއެފްއާރު ބޭނުން ކޮށްގެން ދަތުރު ކުރުމަށް މަތިންދާ ބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލު ކުރަމުން ދިޔަ އުސޫލެއް ކަމަށެވެ.

އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަަށް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ ސަރަހައްދަށް ދުރު ފެންނަ މިންވަރު ދަށްވާ ގަޑިތަކުގައި ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޢިލްތިމާސްކޮށްފައެވެ. އަދި ދުންފުހުގެ އަސަރު ހުރުމާއެކު ޞިއްޙީ ގޮތުން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢިލްތިމާސް ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްއިން ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ހެޔޮކޮށްފިޚަބަރު | 3 ދުވަސް ކުރިންފުރަތަމަ ކްއާޓަރގައި ވީއައިއޭ އިން ހިދުމަތްދިން އަދަދު 2 މިލިއަން ކަޑައްތުކޮށްފިޚަބަރު | 3 ދުވަސް ކުރިންމިދިޔަ މަހު ޑެންގީ ޖެހިގެން 476 ކޭސް ރިޕޯޓްކުރިޚަބަރު | 4 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 10 ދުވަސް ކުރިން