logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޕަރޭޝަން އަލިމަގު ގެ ޚާއްޞަ އޮޕަރޭޝަންތަކެއް މާލެއާއި ގއ. އަތޮޅުގައި

އައިޝަތު ނަޝާ
10 ޖެނުއަރީ 2026 - 17:40
އޮޕަރޭޝަން އަލިމަގު ގެ ޚާއްޞަ އޮޕަރޭޝަންތަކެއް މާލެއާއި ގއ.އަތޮޅުގައި

އޮޕަރޭޝަން އަލިމަގުގެ ތެރެއިން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްސަ އޮޕަރޭޝަންތަކެއް މިއަދު ހެނދުނު ފައްޓަވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވާ، ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަޤްސަދުގައި ދިވެހި ފުލުހުންގެ ޚިދުމަަތުން ވަނީ 'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާަފައެވެ.

އޮޕަރޭޝަން އަލިމަގުގެ ތެރެއިން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްސަ އޮޕަރޭޝަންތަކެއް މިއަދު ހެނދުނު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މިއަދު ކުރިއަށްގެންދާ މި އޮޕަރޭޝަނަަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުންބުނެފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދާނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމްތަކާއި، އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމެންޓް ޓީމުން ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައިވަނީ ހިންގާފައެވެ. ފުލުހުންދަނީ މަސްތުވާތަކެތި އަތުލައިގަނެ މުޖުތަމަޢާކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކާއި ތަންފީޒީ އިދާރާތަކެއް ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި އިތުރުވަމުންދާއިރު ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެކަންކަމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކޮށް ހައްލު ގެނައުމަށްދަނީ މަޝްވަރާކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެޚަބަރު | 7 ގަޑިއިރު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއޮޕަރޭޝަން އަލިމަގު ގެ ޚާއްޞަ އޮޕަރޭޝަންތަކެއް މާލެއާއި ގއ.އަތޮޅުގައިޚަބަރު | 20 ގަޑިއިރު ކުރިންސްކޭމަރުންނާ މެދު ސަމާލުވޭ: ޑިސެމްބަރުމަހު އެކަނިވެސް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެއްޖެ!ޚަބަރު | 2 ދުވަސް ކުރިން