logo
Bank of Maldives

Bank of Maldives

ޚަބަރު

ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެ

އައިޝަތު ނަޝާ
11 ޖެނުއަރީ 2026 - 07:22
ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެ

ޕާކްކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ، ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ. އަދި ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރެފިކް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އާންމު ދަތުރުފަތުރަށާއި ޓްރެފިކް ފްލޯއަށް ދަތިވާ ގޮތަށް (ގަވާއިދާ ޚިލާފަށް) ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރަމުން ގެންދާނެއެވެ. އަދި ވަކިން ޚާއްސަކޮށް ކަފީހުރަސްމަތި، ގޯޅި ކަންމަތި، ދެ ރޮނގު ދަމާފައި ހުންނަ ސަރަޙައްދު، އޮފީސްތަކާއި މަދަރުސާތަކާއި މިސްކިތްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުގެ ގޭޓް ކުރިމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރުމަށް އިސްކަންދެވޭނެކަން ޓްރެފިކް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ 6ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ދާދި ފަހުން ބުނެފައެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދ. ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 5 ގަޑިއިރު ކުރިންވަގަކު އަތުން ހޯދި ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަނީޚަބަރު | 20 ގަޑިއިރު ކުރިންގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންއައްޑޫގައި ސައިކަލެއްގައި ދިޔަ މީހަކު މަގު އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރީމާރީ ހިންގައިފިޚަބަރު | 2 ދުވަސް ކުރިން