logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯގެ އެމްޑީ ޝަމާޙް މަގާމުން ވަކިކޮށްފި

ޒިދާން މުޙައްމަދު
11 ޖެނުއަރީ 2026 - 10:50
ސްޓެލްކޯގެ އެމްޑީ ޝަމާޙް މަގާމުން ވަކިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ބުނީ ޝަމާޙް މަޤާމުން ވަކިކުރީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ މަޤާމުގައި ހޭދަވެފައިވަނީ 4 މަސް ދުވަހެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޝަމާޙު އައްޔަނުކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން، ޙުސައިން ފަހުމީ ވަކިކުރުމަށްފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަންކުރުމުގެ ކުރިން އަޙްމަދު ޝަމާޙް ވަނީ މިފްކޯގެ ސީއީއޯގެ މަޤާމުވެސް އަދާކޮށްފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި އޭނާ މަޤާމުން ވަކިކުރިއިރު އޭނާ ވަނީ އޭގެ ކުރިން މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ އެމްޑީ ޝަމާޙް މަގާމުން ވަކިކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯޚަބަރު | 15 ދުވަސް ކުރިންކަރަންޓު ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިޚަބަރު | 18 ދުވަސް ކުރިންސްޓެލްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފޯމެއް!ޚަބަރު | 22 ދުވަސް ކުރިން