logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖެނުއަރީ 2026 - 11:45
ވިލުފުށީ ހައުންސިން މަޝްރޫޢު، ފޮޓޯ: ވިލުފުށީ ކައުންސިލް
ވިލުފުށީ ހައުންސިން މަޝްރޫޢު، ފޮޓޯ: ވިލުފުށީ ކައުންސިލް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ކޮޅުމަޑުލު ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ނަންބަރު G-34/2025 އުސޫލުގެ ދަށުންނެވެ. މި ޔުނިޓުތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް (https://hiyaavehi.housing.gov.mv) މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތަކީ 11 ޖަނަވަރީ 2026 އިން ފެށިގެން 11 އެޕްރީލް 2026 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިލުފުށީގައި އިމާރާތްކޮށްފައިވާ މި ހައުސިންގ ޔުނިޓުތަކުގެ ތަފްސީލަށް ބަލާއިރު، ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާހާނާގެ އިތުރުން ބަދިގެއާއި ސިޓިންގ ރޫމު ހިމެނެއެވެ. މި ޔުނިޓުތައް ބިނާކޮށްފައިވަނީ 2002.09 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި ކަމަށާއި، އޭގެ ތެރެއިން އިމާރާތްކުރެވިފައިވާ އޭރިއާގައި 1204.69 އަކަފޫޓު ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތައް

މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓަށް އެދޭ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށްވުމާއެކު، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން ތ. ވިލުފުށީގެ ރަށްވެއްސަކަށްވުން ނުވަތަ އެ ރަށަށް ހިޖުރަކޮށް މެދުނުކެނޑި 10 އަހަރު ދިރިއުޅެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ ފްލެޓެއް/ޔުނިޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއްމެދު އިމާރާތަކުން އެފަދަ ބޮޑުމިނުގެ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެސް ވެގެން ނުވާނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ފޯން ނަންބަރު 4004900 އަށް ގުޅުއްވުމަށް ނުވަތަ socialhousingprograms@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 7 ގަޑިއިރު ކުރިންއެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | 9 ދުވަސް ކުރިންހިޔާވެހި ފައިނޭންސިންގ ޕްރޮގްރާުގެ ދަށުން 909 މިލިއަން ރުފިޔާ ދޫކުރަނީޚަބަރު | 12 ދުވަސް ކުރިންރަސްމާލެ: ރާއްޖޭގެ ތަރައްގީ އައު މަރުހަލާއަކަށް ފުރޮޅާލާނެ ހަގީގަތަކަށް ހެދޭނެ މަޝްރޫޢުއެއްރިޕޯޓް | މަހެއް ކުރިން