logo
Bank of Maldives

Bank of Maldives

ޚަބަރު

ބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފި

އައިޝަތު ނަޝާ
12 ޖެނުއަރީ 2026 - 07:59
ބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަޙައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި، ޅ.ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެ މީހުން، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ، ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ، ތަޙުޤީޤު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެޚަބަރު | ދުވަހެއް ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންއޮޕަރޭޝަން އަލިމަގު ގެ ޚާއްޞަ އޮޕަރޭޝަންތަކެއް މާލެއާއި ގއ.އަތޮޅުގައިޚަބަރު | 2 ދުވަސް ކުރިން