logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުން ހުކުރު ދުވަހު!

ޒިދާން މުޙައްމަދު
12 ޖެނުއަރީ 2026 - 11:25
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު -- މެންދުރު ފޮޓޯ/ މުހައްމަދު މާވީ
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު -- މެންދުރު ފޮޓޯ/ މުހައްމަދު މާވީ

ލޯކަލް ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަތީ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މާލެ ސަރަހައްދާއި އެހެން ސަރަހައްދުތަކުގައިވެސް އެންމެ ސަރަހައްދެއް ފިޔަވައި އެޕާޓީން ވޯޓުފޮށިތައް މިފަހަރު ބަހައްޓާނީ ހުރިހާ ރަށެއްގައިވެސް ސްކޫލްތަކުގައެވެ. މާލެ ސަރަހައްދުގައި މަޖީދިއްޔާ ސްކޫލުގެ އިތުރުން އިތުރު މާލޭގެ ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލު އަދި އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާއިރު، ހުޅުމާލޭގައި ޕްރައިމަރީ ބާއްވަނީ ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާނީ މުޙްޠިއްދީން ސްކޫލުގައެވެ.

އެޕާޓީން ބުނީ، ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި ކުރިން ކަލާފާނު ސްކޫލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ވޯޓުފޮށި މަޖީދިއްޔާ ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހިތަދޫ މޫލެކެޑެ، ފޭދޫ މާދެލަ، ފުވައްމުލަކު ސިޓީގެ ދޫޑިގަން އަދި ތިނަދޫ ސިޓީގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ މަޖީދިއްޔާ ސްކޫލްގައިކަން ކަމަށްވެސް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ސްކޫލްތަކުގައި ބާއްވާއިރު، މީގެ ކުރިން ސްކޫލްތަކުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ނުބޭއްވެއެވެ. ނަމަވެސް އަދުގެ ސަރުކާރުން ވަނީ މި ސިޔާސަތަށް ބަދަލު ގެނެސް، ސްކޫލްތަކަށް ދަތިނުވާނެހެން ޗުއްޓީ ދުވަސް ނުވަތަ ބަންދު ދުވަސްތަކާއި ދިމާކޮށް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދީފައެވެ. އަދި ހުރިހާ ޕާޓީއަކަށްވެސް މި ފުރުޞަތު އެއް ހަމައަކުން އޮންނާނެއެވެ.

މިއާއެކު މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީތައް ބާއްވަމުން އަންނަނީ ރަށްރަށުގައިވެސް މާލެ ސަރަހައްދުގައިވެސް ސްކޫލުތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުން ހުކުރު ދުވަހު!ޚަބަރު | 3 ގަޑިއިރު ކުރިންއައުރަ ނިވާވާ ގޮތަށް ހެދުން އަޅަން އެންގުން އެމްޑީޕީން ސިފަކުރަނީ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުގައި!ޚަބަރު | 9 ދުވަސް ކުރިންއަންހެން މުވައްޒަފުން ދިގުކޮށް ހެދުން އަޅަން އެންގުން: ފައްޔާޒް އަށް އެކަން ކަމުނުދިޔަޚަބަރު | 12 ދުވަސް ކުރިންއެމްޑީޕީން ހުވަފެނެއްގައި، ފިތުނައިގެ އާ ފެށުމެއް، ނަތީޖާ ބައްޔާ ދިމާއަށްރިޕޯޓް | 18 ދުވަސް ކުރިން