logo
Bank of Maldives

Bank of Maldives

ޚަބަރު

ބަނގުރާ ބޮއި، އޭގެ ވިޔަފާރިކުރަމުން ދިޔަ 4 މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖެނުއަރީ 2026 - 14:33
ބަނގުރަލުގެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ކޯޓުން މުއްދަތު ޖެހި ދެ މީހުން، ފޮޓޯ: ޕޮލިސް
ބަނގުރަލުގެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ކޯޓުން މުއްދަތު ޖެހި ދެ މީހުން، ފޮޓޯ: ޕޮލިސް

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން 23 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ދެ މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) އެވެ.މި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު ކޯޓުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރާ ބޮއި، އޭގެ ވިޔަފާރިކުރަމުން ދިޔަ 4 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންގިނަ އަދަދެއްގެ ޑްރަގާއިއެކު ދެމީހަކު ހައްޔަރުކޮށް އެކަކުގެ ބަންދަށް 15 ދުވަސްޚަބަރު | 3 ގަޑިއިރު ކުރިންބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަނެއްކާވެސް އެދިއްޖެޚަބަރު | ދުވަހެއް ކުރިން