logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މަޝްވަރާކޮށްފި

އިސްމާޢިލް ރާތިޢު
13 ޖެނުއަރީ 2026 - 05:39
ރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މަޝްވަރާކޮށްފި

ތިމާވެށި ޙިމާޔަތް ކުރުމާއި ރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އަބޫ ދާބީގައި ބޭއްވި މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހީމާއި، އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ)ގެ ޑައިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލާ ކެމެރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ހަކަތައިގެ ދާއިރާއިން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަނެ، އެކަމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

މީގެއިތުރުން ތިމާވެށި ޙިމާޔަތް ކުރުމާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއާއި އައިރީނާއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި މުޖުތަމައެއް ބިނާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"ޚަބަރު | 16 ދުވަސް ކުރިންކުޅުދުއްފުށީ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް!ޚަބަރު | 18 ދުވަސް ކުރިންރާއްޖޭގެ އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންހަންކެޑަގެ ބަދަލުގައި ހަލާލް ޓޫރިޒަމަށް ތަރައްގީކުރާނީ އައްޑޫ ދޮންހެރަޚަބަރު | 5 މަސް ކުރިން