logo
MPL

MPL

ޚަބަރު

"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"

މުޙައްމަދު އަފްރާޙް
22 ފެބްރުއަރީ 2026 - 10:44
"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މެސެޖުގައި ރައީސް ވަނީ އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތައަށް މަތިކުރުމުގެ ލަނޑުދަނޑި ޙާޞިލްކޮށް، ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ މެސެޖުގައި ރައީސް ވަނީ ތިމާވެށި ޙިމާޔަތްކުރުމާއި ހަކަތައިގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރީތި ތިމާވެށި ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ތާރީޚުގައި މި ރޮނގުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދެ އަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މި އަމާޒަކީ ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ދުނިޔޭގެ ހަކަތައިގެ ދުވަސް (ވޯލްޑް އެނާޖީ ޑޭ) ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ ވެއްޓަށް ގެއްލުން ކުޑަ، ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ހަކަތަ ރައްކާތެރިކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | 10 ގަޑިއިރު ކުރިންއިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ކާމިޔާބީތަކަކާއެކު ރައީސްގެ ދެކަނބަލުން ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 17 ގަޑިއިރު ކުރިންމޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީޚަބަރު | ދުވަހެއް ކުރިންރާއްޖެއަކީ ކުޑަ ގައުމަކަށް ވީނަމަވެސް، އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ގައުމެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން