logo
MPL

MPL

ކުޅިވަރު

ރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކިވެ، ޒުވާން ޓީމުގެ ކޯޗު ސީނިއަރ ޓީމާ ހަވާލުވެއްޖެ

އިސްމާޢިލް ރާތިޢު
13 ޖެނުއަރީ 2026 - 05:47
ރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކިވެ، ޒުވާން ޓީމުގެ ކޯޗު ސީނިއަރ ޓީމާ ހަވާލުވެއްޖެ

ސްޕެނިޝް ސުޕަރ ކަޕުގެ ފައިނަލް މެޗުގައި ވާދަވެރި ބާސެލޯނާ އަތުން ބަލިވި މެޗަށްފަހު، ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ، މަގާމުން އަމިއްލައަށް ވަކިވެއްޖެއެވެ.

މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކިވެފައިވާއިރު، ޓީމުގެ ކުޅުންތެރިންގެ މެދުގައި އަލޮންސޯގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 44 އަހަރުގެ އެލޮންސޯ، އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވެފައިވަނީ ދެ ފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އަދި ރެއާލްގެ ވެރިންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތުގައި، ކްލަބްގެ ލެޖެންޑެއްގެ ގޮތުގައި އަލޮންސޯއަށް އަބަދުވެސް ހާއްސަ މަގާމެއް އޮންނާނެކަމަށާއި ރެއާލް އަކީ އަބަދުވެސް އެލޮންސޯގެ "ހޯމް" އަށް ވާނެކަމަށް ރެއާލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ފަސް އަހަރު ހޭދަކުރި އެލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު، އެ ޓީމުގެ ކޯޗުކަމުގައި އޭރު ހުރި ކާލޯ އެންޗެލޮޓީގެ ބަދަލުގައެވެ.

ރެއާލް އިން ވަނީ އަލޮންސޯގެ ބަދަލުގައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ކޯޗަކަށް، މީގެ ކުރިން އެޓީމަށް ކުޅެފައިވާ، އަދި އިތުބީ ދުވަސްތަކުގައި ރެއާލްގެ ޒުވާން ޓީމުތަކަށާއި ރެއާލްގެ ބީ ޓީމުގެ ކޯޗުކަން ކޮށްފައިވާ ސްޕެއިންގެ ރައުލް އާބަލޯއާ ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ރެއާލްގެ ކޯޗުކަމުން އެލޮންސޯ ވަކިވިއިރު އޭނާގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗުން ރެއާލް ވަނީ މޮޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 7 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 9 ދުވަސް ކުރިންރެއާލް މެޑްރިޑްއާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ރެފްރީން ނިންމާފައިވާ ނިންމުންތަކަށް މާފަށްއެދި ރެފްރީ ސަސްޕެންޑްކުރަނީކުޅިވަރު | 17 ދުވަސް ކުރިންއަނެއްކާވެސް ސުވާލުއުފެދޭ ބޮޑެތި ނިންމުންތަކާއެކު އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްފިކުޅިވަރު | 18 ދުވަސް ކުރިން