logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އުފެއްދުންތެރި އަހަރަކަށް އަމާޒުކޮށް އެމް.ޑަބްލިޔު.އެސް.ސީގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026" ބާއްވައިފި

ޒިދާން މުޙައްމަދު
13 ޖެނުއަރީ 2026 - 10:08
އުފެއްދުންތެރި އަހަރަކަށް އަމާޒުކޮށް އެމް.ޑަބްލިޔު.އެސް.ސީގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026" ބާއްވައިފި

 

ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް 2026 ވަނައަހަރުގެ މަސައްކަތްތަށް ފަށައިގަތުމަށް އައު ވިސްނުންތަކާކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026" ބާއްވައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމްގައި އެމް.ޑަބްލިޔު.އެސް.ސީގެ  ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމް އަދި ޑިޕާޓްމަންޓްތަކުގެވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިފޯރަމްގައި، 2026 ވަނަ އަހަރުގެ ބިޒްނަސް ޕްލޭން ތަޢާރަފު ކުރެވި ބިޒްނަސް ޕްލޭން ތަންފީޒު ކުރުމާއި ނަތީޖާ ހާސިލްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައިވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، މި ފޯރަމްގެ ތެރޭގައި 2025 ވަނަ އަހަރު ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ މިންވަރާގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، 2026 ވަނަ އަހަރުގެ ބިޒްނަސް ޕްލޭނުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ނަތީޖާ ނެރުމަށް ކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ.

23b8836c-f0f2-4666-ac1b-b238c1c698e8.jpg

 

2026 ވަނަ އަހަރަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާވެފައިވަނީ ޚަރަދުކުޑަކުރުމާއި، ފެނުގެ ޚިދުމަތްނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި، ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ.

މި ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. އެގޮތުން 2026 ގެ ބިޒްނަސް ޕްލޭންގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތްތައް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ހުނަރު އިތުރުކުރުމާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކަށް އިސްކަން ދޭނެއެވެ.

ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް ގެ ސަބަބުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ރޭވުންތަކާއި މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގައި ގެންގުޅޭ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢު އަށް ފޯރުކޮށްދިނުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދު މަގާމުން ވަކިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކުޅުދުއްފުށީ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް!ޚަބަރު | 2 މަސް ކުރިންއުފެއްދުންތެރި އަހަރަކަށް އަމާޒުކޮށް އެމް.ޑަބްލިޔު.އެސް.ސީގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026" ބާއްވައިފިޚަބަރު | 3 މަސް ކުރިންމަސްވެރިންގެ ދުވަހު ދުވާފަރުގައި ،އެމް.ޑަބްލިޔު.އެސް.ސީ ގެ ތަފާތު ހަރަކާތްތަކެއްޚަބަރު | 4 މަސް ކުރިން